ބަނޑޮސް ގޮޑުދުކޮށް ހިމާޔަތްކުރުން: ބޭރުތޮށީގެ ޕްރޮފައިލިންގ މަސަައްކަތްތައް ނިމިއްޖެ

ބަނޑޮސް ގޮޑުދުކޮށް ހިމާޔަތްކުރުން: ބޭރުތޮށީގެ ޕްރޮފައިލިންގ މަސަައްކަތްތައް ނިމިއްޖެ

Author
މުޙައްމަދު ޝަޒައިމް
18 ސެޕްޓެމްބަރ 2022 08:41
0

ކ. ބަނޑޮސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ (ހުޅަނގު – އިރުމަތީ ކޮޅު)ގެ ބޭރުތޮށީގެ ޕްރޮފައިލިންގ މަސަައްކަތްތައް ނިމިއްޖެއެވެ.

މިމަސައްކަތް ކުރަމުންދަނީ ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ބަނދަރުގެ މަސައްކަތް ކުރަމުންދާ ރައްޔިތުންގެ އިތުބާރު ހޯދާފައިވާ އެމްޓީސީސީންނެވެ. އެމްޓީސީސީން މިއަދު ބުނެފައިވަނީ ކ. ބަނޑޮސް ގޮނޑުދޮށުގެ ދެކުނު އިރުމަތީ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ބޭރުތޮށީގެ ޕްރޮފައިލިންގ މަސަައްކަތްތައް ވަނީ މިހާރު ނިމިފައިވާކަމަށެވެ.

އޯރކިޑް ހޯލްޑިންގއިން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ބަނޑޮހުގެ 557 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތެވެ. އެމްޓީސީސީއަކީ ޓޫރިޒަމް ދާއިރާއާއި ގުޅުންހުރި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައްވެސް ހިންގާ ކުންފުންޏެކެވެ. އެގޮތުން، މިދިޔަ އަހަރު އެކުންފުނިން ނިންމާ ހަވާލުކޮށްފައިވާ "ސެންޓާރާ ނިއު ރިސޯޓްސް މޯލްޑިވްސް: ރެކްލެމޭޝަން އޮފް ޑިފަރެންޓް އައިލެންޑްސް" އަކީ މިފަދަ ފާހަގަކޮށްލެވޭ އެއް މަޝްރޫޢެވެ.

މި މަޝްރޫޢުގެ ދަށުން އެކުންފުނިން ވައްޓަރުފަޅު ފަރުގައި އޮންނަ އަރޓިފިޝަލް 3 ރަށެއްގެ ބިން ހިއްކާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ވަނީ ނިންމާފައެވެ. މިވޭތުވެދިޔަ 3 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ.

1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިންމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.