އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީއަށް ރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބަކަށް ތޯރިގު

އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީއަށް ރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބަކަށް ތޯރިގު

Author
އަހުމަދު
28 ޖުލައި 2026 10:43
0

އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީ (އިރެނާ) އަށް ރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބަކަށް ތޯރިގު އިބްރާހީމް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

ތޯރިގު އެ މަގާމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ދިރާސާކުރުމަށް ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފަ އެވެ. މި މައްސަލައިގައި ކޮމިޓީގެ ދިރާސާ ނިމުމުން، ރުހުން ދިނުމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވާނެ އެވެ.

ތޯރިގަކީ މިހާރުގެ ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު އައްޔަންކުރެއްވި ފުރަތަމަ އެންވަޔަރަމަންޓް މިނިސްޓަރެވެ. އެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ މިއަހަރުގެ އެޕްރީލް 14 ވަނަ ދުވަހު އެވެ. އޭގެ ފަހުން، ރާއްޖެއިން އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަށް ކަނޑައަޅާ ސަފީރު ކަމަށް ތޯރިގު ވަނީ އައްޔަންކުރައްވާފަ އެވެ. މިވަގުތު އޭނާ ހުންނެވީ އެ މަގާމުގަ އެވެ.

ތިމާވެށީގެ ދާއިރާއިން ބައިނަލްއަގުވާމީ ފެންވަރުގައި ތަޖުރިބާ ލިބިވަޑައިގެންފައިވާ ތޯރިގު ވަނީ 2016 ވަނަ އަހަރު ބޭއްވި އިރެނާގެ އެސެމްބްލީގެ ރައީސް ކަން ވެސް ކުރައްވާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.