ބެލުން ތެރިންގެ އެދުން އަޔާން ފުއްދައިދެނީ!

ބެލުން ތެރިންގެ އެދުން އަޔާން ފުއްދައިދެނީ!

Author
ފާތިމަތު ނާވީ
16 ސެޕްޓެމްބަރ 2022 07:25
0

"ބުރައްމަސްތުރާ" ގައި ޝާހްރުކް ޚާން ކުޅުނު ކެރެކްޓާއަށް ބިނާކޮށް ވަކި ފިލްމެއް ހަދަން ޑިމާންޑްކޮށް ފޭނުން ޕެޓިޝަނެއްގައި ސޮއިކުރަމުން އަންނަ ދަނޑިވަޅުގައި އެފަދަ ޕްރޮޖެކްޓެއް ކުރިއަށް އޮތްކަން ޑައިރެކްޓަރު އަޔާން މުކަރްޖީ ކަށަވަރު ކޮށްދީފިއެވެ.

އާލިއާ ބަޓާއި ރަންބީރު ކަޕޫރުގެ އަލަތު ފިލްްމު "ބްރައްމަސްތުރާ" ގައި ޝާހް ފެނިގެންދިޔައީ ހާއްސަ ފެނިލުމަކުންނެވެ. ނަމަވެސް ބެލުން ތެރިންނަށް ވަނީ ވަރަށް ބޮޑަށް ޝާހުގެ ކެރެކްޓާ ކަމުގޮސްފައެވެ. އަދި އެއާއެކުގައި އެކެރްޓާއަށް ބިނާކޮށް ފިލްމްއެއް ހެދުމަށް ބެލުންތެރިން ވަނީ ޑީމާންޑް ކޮށްފައެވެ.

ބެލުންތެރިންނާއި ކްރިޓިކުންގެ ސަމާލުކަން ވެސް އެންމެ ބޮޑަށް ހޯދީ ޝާހްރުކް ކުޅުނު ސައިންޓިސްޓް މޯހަން ބަރްގާވް ރޯލުން ފިލްމަށް ވަރަށް ބޮޑު ދިރުމެއް ވަނީ ގެނެސްދީފައެވެ. އެ ކެރެކްޓާއަށް އިތުރު ދިރުން ގެނެސްދީ، އެއަށް ވަކި ފިލްމެއް ހަދަން ޖެހޭ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

މިކަމާ ބެހޭ ގޮތުން ހިންދުސްތާން ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި އަޔާން ބުނީ 2019 ވަނަ އަހަރު "ބުރައްމަސްތުރާ" ގެ ރޯލަށް ޝާހްރުކް ޝޫޓްކުރި އިރު ވެސް، އެ ކެރެކްޓާއަށް ފިލްމެއް ހެދުމުގެ ވާހަކަ އޮތީ ދެކެވިފައި ކަމަށެވެ.

އަަދި މިހާރު އެ ރޯލުގެ ޖާދޫގައި ގިނަ ބަޔަކު ޖެހިފައިވާތީ އެ ރޯލަށް ވަކި ފިލްމެއް ފައްކާކުރާނެކަމުގެ ޔަގީންކަންދޭ ކަމަށް ވެސް އޭނާ ބުންޏެވެ.

 

View this post on Instagram

 

A post shared by Ayan Mukerji (@ayan_mukerji)

ބެލުންތެރިންގެ ފަރާތުން "ބުރައްމަސްތުރާ" އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު، މި ފިލްމަކީ ބޮލީވުޑްގައި މިހާތަނަށް ހެދި އެންމެ އަގު ބޮޑު ފިލްމެވެ. ޖުމްލަ 410 ކްރޯޑް ރުޕީސް (52 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި ފިލްމަށް މިހާތަނަށް އާމްދަނީގެ ގޮތުގައި 225 ކްރޯޑް ރުޕީސް (28.4 މިލިއަން ޑޮލަރު) އަށް ވުރެ ބޮޑު އާމްދަނިއެއް ލިބިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.