ބޮލީވުޑްގެ ސުޕަރސްޓަރ ޝާހްރުކް ޚާންގެ ދަރިފުޅު އާރިޔާން ޚާން، ކުޅިވަރު އުފެއްދުންތަކުގެ ބްރޭންޑެއްގެ ގޮތުގައި މަޝްހޫރު ޖަރުމަންގެ އެޑިޑާސްގެ އުފެއްދުންތަކެއް އިޝްތިހާރުކޮށް ދޭން ފަށައިފިއެވެ.
އާރިޔާންގެ އިންސްޓަގުރާމުގައި ހިއްސާ ކޮށްފައިވާ ފޮޓޯގައި "އެޑިޑާސް އޮރިޖިނަލް" އަށް ކޮށްފައިވާ ފޮޓޯ ޝޫޓެއްގެ ފޮޓޯތައް ވަނީ ހިއްސާ ކޮށްފައެވެ. އަދި ގިނަ ބައެއްގެ ސަމާލުކަން ވަނީ މި ފޮޓޯތައް ހޯދާފައެވެ.
އުމުރުން 24 އަހަރުގެ އާރިއާން އިޝްތިހާރުކޮށްދޭ އެޑިޑާސްގެ އުފެއްދުމަކީ އެ ކުންފުނިން 2015 ގައި ލޯންޗްކުރި ބޫޓް ކަލެކްޝަން އެންއެމްޑީ ވީ3 ގެ އާ ކަލެކްޝަނެވެ.
އެ ފޮޓޯތަކަށް ކޮމެންޓް ކުރި އާރިޔާން ގެ ބައްޕަ އެކްޓަރު ޝާހުރުކް ވަނީ ސުވާލެއް ކޮށްފައެވެ. ޝާހް ބުނެފައިވަނީ އާރިޔާން ލައިގެން ހުރި އަޅި ކުލައިގެ ޓީޝާޓަކީ އޭނާ ގެ ޓީޝާޓެއް ތޯއެވެ.
އެއާއި އެކު އާރިޔާން ބުނެފައިވަނީ ޓީޝާޓް ގެ އިތުރުން ޖިންސް އަކީވެސް ޝާހުރުކް ގެ އެއްޗެއް ކަމަށެވެ. މި ފޮޓޯގައި އާރްޔާން ހުރި ޕޯސްއަކީ ޝާހްރުކްގެ ފިލްމު "މެއި ހޫނާ" ގައި އޭނާގެ ވެސް ޕޯސްއެކެވެ.
ޝާހް އާއި ހިލާފަށް އާރިޔާން ބޭނުން ވަނީ ކެމެރާގެ ފުރަގަހުގައި މަސައްކަތް ކުރާށެވެ. އަދި އޭނާ އަންނަނީ ފިލްމެއް ހެދުމަށް ސްކްރިޕްޓެއް ލިޔަމުން ކަމަަށްވެސް ދާދި ފަހުން ވަނީ ޚަބަރު ލިބިފައެވެ. އެކްޓް ކުރުމަށް އޭނާގެ ޝައުގު އަދި ނެތް ކަމުގައިވިޔަސް މުސްތަގުބަލުގައި އެކްޓް ކުރުމަކީ އެކަށީގެން ވާކަމެކެވެ.
އާރިޔާން އާއި ހިލާފަށް ޝާހްގެ އަންހެން ދަރިފުޅު އަންނަނީ ބޮލީވުޑަށް ތައާރަފް ވުމުގެ މަސައްކަތް ކުރަމުންނެވެ. އަންނަ އަހަރު އޭނާގެ ފުރަތަމަ ފިލްމު ރިލީޒް ކުރާނެއެވެ.
ކޮމެންޓު ފޮނުވާ