ޔޯޔޯ ހަނީ ސިންގްގެ ކައިވެނި ނިމުމަކަށް

ޔޯޔޯ ހަނީ ސިންގްގެ ކައިވެނި ނިމުމަކަށް

Author
ފާތިމަތު ނާވީ
15 ސެޕްޓެމްބަރ 2022 04:40
0

ބޮލީވުޑްގެ މަޝްހޫރު ރެޕް ލަވަކިއުން ތެރިޔާ، ހިރްދޭޝް ސިންގް (ޔޯޔޯ ހަނީ ސިންގް)ގެ ކައިވެނި ނިމުމަކަށް އައިސްފިއެވެ.

ހަނީ ސިންގް އަކީ ބައެއް ފިލްމު ތަކަށް ލަވަ ކިއުމުގެ އިތުރުން ސޯލޯ ލަވަ ތަކާއި ކަވާ ލަވަތައް ވެސް ގެނެސްދޭ ތަރިއެކެވެ. މީގެ އިތުރުން ބައެއް ވީޑިއޯ ލަވަތަކުން ވެސް ފެނިގެން ގޮސްފައިވާ ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު ލަވަ ކިއުންތެރިއެކެވެ.

ގެވެށި އަނީޔާގެ މައްސަލަ ތަކެއްގައި ހަނީ ސިންގް އާއި އޭނާގެ އަންހެނުން ޝާލިނީ އާއި ދެމެދުގައި މައްސަލަ ތަކެއް ޖެހިގެން އުޅޭތާ ދުވަސްތަކެއް ވެއްޖެއެވެ. އަދި ފުލުހަށް ވެސް މައްސަލަ ހުށައަޅައި އެމައްސަލަ ބަލަން ވެސް ބެލިއެވެ. ނަމަވެސް ހަނީ ސިންގް ވަނި އެ ހުރިހާ ތުހުމަތު ތަކެއް ދޮގު ކޮށްފައެވެ.

 

View this post on Instagram

 

A post shared by Yo Yo Honey Singh (@yoyohoneysingh)

ވަރިވުމަށް ފަހު ދޭން ޖެހޭ ހަރަދުގެ ގޮތުގައި ހަނީ ސިންގު، ޝާލިނީ އަށް 1 ކްރޯޑު ރުޕީސް ދޭން ކޯޓުން ވަނީ އަންގައިފައެވެ. ހަނީ ސިންގް ވަނީ ޗެކެއް މެދުވެރިކޮށް ޝާލިނީއަށް އެ ފައިސާ ދީފައެވެ.

39 އަހަރުގެ ލަވަކިއުންތެރިޔާ އާއި އޭނާގެ އަންހެނުން ދިމާވީ ސްކޫލު ދުވަސްވަރުއެވެ. އަދި އެއާއި އެކު އެމީހުން ރައްޓެހިވެގެން 10 އަހަރު އުޅުމަށްފަހު ކައިވެނި ކުރީ 2011 ވަނަ އަހަރުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.