އަކްޝޭގެ ހެޔާ ސްޓައިލިސްޓް މަރުވެއްޖެ

އަކްޝޭގެ ހެޔާ ސްޓައިލިސްޓް މަރުވެއްޖެ

Author
ފާތިމަތު ނާވީ
13 ސެޕްޓެމްބަރ 2022 07:00
0

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރުގެ ހެއާސްޓައިލިސްޓް މަރުވެއްޖެއެވެ. އަކްޝޭއަށް 15 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކޮށްދިން މިލާން ޖާދަވް މަރުވީ އިއްޔެ ވަގުތެއްގައިއެވެ.

މިލާން މަރުވުމުން އަކްޝޭ ވަނީ އޭނާގެ އިންސްޓަގްރާމްގައި އެނާ މަރުވިކަން ގަބޫލު ކުރަން ދަތިކަމަށާއި ހިތް ހަލާކުވެފައިވާ ަކަމަށް ބުނެ ޕޯސްޓެއްވެސް ކޮށްފައިއެވެ. އަދި 15 އަހަރަށް ވުރެ ގިނަ ދުވަހު އޭނާއަށް ކޮންދިން މަސަށްކަތް ފާހަގަކޮށްފައި ވެއެވެ.

އަކްޝޭގެ ޕޯސްޓް އާއި ގުޅިގެން އޭނާގެ ގިނަ އަދަދެއްގެ ފޭނުން އަންނަނީ އެހިތާމައިގައި ބައިވެރި ހެޔޮދުއާގެ މެސެޖުތަށް ފޮނުވަމުންނެވެ.

ބޮލީވުޑް ކިލާޅީގެ ގޮތުގައި މަޝްހޫރު އަކްޝޭގެ ކުރިއަށް އޮތް ފިލްމް އަކީ "ކަޓްޕުތްލީ" އެވެ. މި ފިލްމް ގައި އަކްޝޭ އާއި އެކުގައި ފެނިގެން ދާނީ ރަކުލް ޕްރީތް ސިންގްއެވެ. ފިލްމް ރިލިޒް ކުރާނީ ޑިޒްނީ ޕްލަސް ހޮޓްސްޓާއިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.