ސަނީ ރާއްޖޭގައި!

ސަނީ ރާއްޖޭގައި!

Author
ފާތިމަތު ނާވީ
15 ސެޕްޓެމްބަރ 2022 06:27
0

ބޮލީވުޑްގެ އެކްޓްރެސް ސަނީ ލިއޯން އަނެއްކާ ވެސް ރާއްޖެ އަތުވެއްޖެވެ.

ސަނީ ފާހަގަ ކުރެވެނީ ރާއްޖޭގައި އެންމެ ގިނައިން ޗުއްޓީ ހޭދާ ކުރާ ބޮލީވުޑްގެއެއް ބަތަލާގެ ގޮތުގައެވެ.

ދާދިފަހުން ވަނީ ސަނީ ލިއޯންއާ އެކީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަން ފުރުސަތެއް ވެސް ހުޅުވާލައިފައެވެ. ސަނީ މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ރާއްޖެ އައިސްފައި ވެއެވެ. އެންމެ ފަހުން ސަނީ ރާއްޖެ އައިސްފައި ވަނީ އޭޕްރިލް މަސް ތެރޭގައެވެ.

 

View this post on Instagram

 

A post shared by Sunny Leone (@sunnyleone)

"ޖިސްމު 2″ ފަދަ ފިލްމުތައް ކުޅުނު ބަތަލާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ފުރަވެރި ރިސޯޓްގައެވެ. "ޑޭ 1″ ގެ ނަމުގައި އެތަނުގައި ނަގާފައިވާ ފޮޓޯތަކެއް ވެސް ސަނީ އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައި ވެއެވެ.

 

View this post on Instagram

 

A post shared by Sunny Leone (@sunnyleone)

ފޭނުންތަކަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރަން ހުޅުވާލައި "ޓްރެޝަރ އައިލޭންޑް ވެކޭޝަން ވިތު ސަނީ ލިއޯނީ މޯލްޑިވްސް" ގެ ނަމުގައި ކުރިއަށް ގެންދަން ނިންމި އޮފާ ހުޅުވާލީ ޖޫން މަހުގެ ތެރޭގައެވެ. އޭރު ބުނެފައި ވަނީ އޭނާއާ އެކީ ޗުއްޓީ ހޭދަކުރަން ލިބޭ މީހުންނާ އެކު ޗުއްޓީ ހޭދަކުރާނީ މި މަހުގެ 16-19 އަށް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.