ޝަހީމްގެ "ޒަކާތާ ގުޅޭ ޒަމާނީ ފިޤުހީ އުޞޫލުތަކާއި ޤާނޫނުގެ ތަޞައްވަރު" ފޮތް ނެރެފި

ޝަހީމްގެ "ޒަކާތާ ގުޅޭ ޒަމާނީ ފިޤުހީ އުޞޫލުތަކާއި ޤާނޫނުގެ ތަޞައްވަރު" ފޮތް ނެރެފި

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ލިޔުއްވި ޒަކާތާ ގުޅޭ ފޮތް ނެރެފިއެވެ.

"ޒަކާތާ ގުޅޭ ޒަމާނީ ފިގުހީ އުސޫލުތަކާއި ގާނޫނުތަކުގެ ތަސަައްވަރު"ގެ ނަމުގައި އޭނާ ލިޔުއްވި މި ފޮތް ނެރެދެއްވީ ކުރީގެ އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތުއެވެ. މިއީ ރާއްޖޭގައި ޒަކާތް ނިޒާމް ހަރުދަނާކޮށް ރާއްޖޭގައި ޒަކާތު "ހައުސް"އެއް އުފެއްދުމާ ގުޅޭ ގޮތުން ލިޔުއްވި ފޮތެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.

އެ ފޮތުގައި، ރައްޖޭގައި ޒަކާތުގެ ކަންކަން ކުރިން ގެންގޮސްފައި އޮތް ގޮތް ގޮތާއި ކުރިއަށް އޮތް ތަނުގައި ޒަކާތުގެ ކަންކަން ކުރިއަށް ގެންދެވިދާނެ ގޮތްތައް ވެސް ހިމަނާފައި ވެއެވެ.

މި [ފޮތުގެ] ދިރާސާއަކީ އިސްލާމީ ފިގުގެ އަލީގައި މި ޒަމާނުގެ ހާޖަތަށް ބަލައިގެން ކުރެވިފައި އޮތް އިލްމީ މަސައްކަތެއް ހާއްސަކޮށް ރާއްޖޭގައި ޒަކާތުގެ ސިސްޓަމް ހަރުދަނާކުރުމާ ގުޅޭ ގޮތުން. މީގެ އިތުރުން ގާނޫނީ ތަސައްވުރެއްވެސް ހިމަނާފައިވާނެ. އަސްލު މިއީ އަޅުގަނޑު ޕީއެޗްޑީ ތީސީސްގައި ހިމެނޭ ކަންކަން ހިމަނާފައިވާނެ. ދެން އަދި މިހާރު އިތުރުކުރަން ޖެހޭ ކަންކަން އިތުރުކޮށް ވެސް ހިމަނާފައިވާނެ. އެއީ ޒަކާތު ފަންޑު އިތުރަށް ތަރައްގީ ކުރުމާ ގުޅޭ ގޮތުން.

– ޝަހީމް ވިދާޅުވިއެވެ.

އެ ފޮތް ވިއްކައިގެން ލިބޭ ފައިސާ ހަރަދުކުރާނީ ކީރިތި ގުރުއާނާއި އިސްލާމީ ތައުލީމާއި ތަރުބިއްޔަތު މަތިވެރި ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ ފޮތް ރާއްޖޭގެ އިލު އިންސްޓްޓިއުޓުން ގަންނަން ލިބޭ އިރު އޮންލައިންކޮށް ވެސް ގަނެވޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *