މިސް ވޯލްޑްގެ ތާޖް 1994 ވަނަ އަހަރު އެޅި، ބޮލީވުޑްގެ ރީތި ބަލަތާ އައިޝްވާރިޔާ ރާއި ގިނަ ދުވަސްތަކަކަށް ފަހު މީޑިއާގެ ކުރިމަށްޗަށް އެރުމުން މަލާމާތް ކޮށްފިއެވެ.
އައިޝްވަރިޔާ ރާއީ މިހާރު ކުޅެ، ރިލީޒްކުރުމަށް ތައްޔާރުވަމުންދާ "ޕޮންނިޔިން ސެލްވަން"ގެ އޯޑިއޯ އަދި ޓްރެއިލާ ލޯންޗްކުރުމުގެ ރަސްމިއްޔާތުގައި އޭނާ ބައިވެރިވި އިރު، މި އިވެންޓްގައި ސައުތު ސުޕަސްޓާ ރަޖްނީކާންތުގެ އިތުރުން ފިލްމުގެ ޑައިރެކްޓަރު މަނީ ރަތުނަމް ވެސް ވަނީ ބައިވެރި ވެފައެވެ.
އެ އިވެންޓްގައި އައިޝްވާރިޔާ ވާހަކަ ދެއްކި ގޮތާއި ރާގާއި ގުޅިގެން ވެސް ވަނީ ވަރަށް މަލާމާތް ކޮށްފައެވެ. އަދި ބޮޓޮކްސް ޖަހާފައޭ، ޕްލާސްޓިކް ސާޖަރީ ހަދާފައޭ ކިޔައިގެން ވަރަށް ބޮޑަށް މަލާމާތް ކުރުމުގެ އިތުރުން، ޓްރޯލް ވެސް ކޮށްފައި ވެއެވެ.
ނަމަވެސް މި އިވެންޓަށް ދިޔަ ނޫސްވެރިން ބުނެފައިވަނީ އައިޝްވާރިޔާ ފެނުނީ ރީތިކަމުގެ ލާމަސީލު މިސާލެއްގެ ގޮތުގައި ކަމަށެވެ. އަދި އެހެން މީހުންނަށް އިހުތިރާމާއި ގަދަރު ދިނުމުގައި ވެސް އޭނާ ފަދަ ދެވަނައެއް ނެތް ކަމަށް ބުނެ ނޫސްވެރިން ވަނީ އޭނާގެ ދިފާއުގައި ވާހަކަ ދައްކާފައެވެ.
ކޮމެންޓު ފޮނުވާ