ސުޝްމިތާއަށް ބަޔޮޕިކެއް

ސުޝްމިތާއަށް ބަޔޮޕިކެއް

Author
ފާތިމަތު ނާވީ
04 ސެޕްޓެމްބަރ 2022 05:13
0

ވަރަށް މަދުން ނޫނީ ނުފެންނަ ބަތަލާ ސުޝްމިތާ ސެން ބަޔޮޕިކެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ދީޕަކް މުކުތާއި މަންސީ ބަގްލާގެ ކުރިއަށް އޮތް ފިލްމުގައި މަސައްކަތްކުރުމަށް ސުޝްމިތާ ވަނީ ސޮއިކޮށްފައެވެ. އެ ފިލްމަކީ ބަޔޮޕިކެއް ނަމަވެސް ފިލްމަކީ ކާކާއި ބެހޭގޮތުން އުފައްދާ ބަޔޮޕިކެއް ކަމެއް ނޭގެއެވެ.

މި ޕްރޮޖެކްޓާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ދީޕަކް ބުނީ ފިލްމަށް ސުޝްމިތާ ވަރަށް ފިޓް ކަމަށާއި އޭނާއާއެކު މަސައްކަތްކުރަން ކެތްމަދުވެފައިވާ ކަމަށެވެ.

މަޝްހޫރު ކްރިޓިކް ތަރަން އަދާޝް ސޯޝަލް މީޑިއާގައި ބުނީ 1994 ގެ މިސް ޔުނިވާސް ސޮއިކުރީ ބަޔޮގްރަފިކަލް ޑްރާމާއަކަށް ކަމަށެވެ. އެކަމަކު އެއީ ކާކާ ބެހޭ ގޮތުން ހަދާ އެއްޗެއް ކަމެއް ހާމައެއެއް ނުކުރެއެވެ.

 

View this post on Instagram

 

A post shared by Taran Adarsh (@taranadarsh)

އެ ފިލްމަށް ކިޔާނެ ނަމެއް އަދި ނުނިންމައެވެ. ދީޕިކްގެ ޕްރޮޑަކްޝަން ހައުސް، ސޯހަމް ރޮކްސްޓާ އެންޓަޓެއިންމަންޓާއި މަންސީ ބަގްލާގެ މިނީ ފިލްމްސް އަދި ސިބު ސުމުލްގެ ބަންގްލޯ ނަމްބަރު 84 އަކުން ޕްރޮޑިއުސްކުރާ ފިލްމުގައި ސުޝްމިތާ ފެންނާނީ ވަރަށް ތަފާތު ކޮށްކަމަށް ޚަބަރުތައް ބުނެއެވެ.

 

View this post on Instagram

 

A post shared by Sushmita Sen (@sushmitasen47)

އެކްޓިންއާ ދުރުގައި ހުންނަތާ ގިނަ ދުވަސްަތަކެއް ފަހުން 47 އަހަރުގެ ބަތަލާ އެންމެ ފަހުން ކުޅުނީ 2020 ގެ ވެބް ސީރީޒް "އާރިއާ" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.