ފިލްމްފެއާ އެވޯޑަށް ގަމީހެއް ލައިގެން ދިއުމުން ދީޕިކާއަށް ފާޑު ކިޔަނީ

ފިލްމްފެއާ އެވޯޑަށް ގަމީހެއް ލައިގެން ދިއުމުން ދީޕިކާއަށް ފާޑު ކިޔަނީ

ބޮލީވުޑްގެ އެންމެ ޒަމާންވީ އަދި އެންމެ ގަދަރު ވެރި އެއް އެވޯޑު ހަފްލާ ކަމުގައިވާ ފިލްމ ފެއާ އެވޯޑް އަށް މަޝްހޫރު ބަތަލާ ދީޕިކާ ޕަދުކޯން އަޅަިއގެން ދިއަ ހެދުން ކަމުނުގޮސްގެން ފާޑު ކިޔަން ފަށައިފިއެވެ.

އަގުބޮޑެތި ހެދުން ތަކުގައި ގިނަ ތަރިން ބައިވެރިވާ މި އެވޯޑް ފަންގްޝަން އަށް ދީޕިކާ ދިއައީ ބޮޑު ގަމީހަކާއި ޖިންސްއެއް ލައިގެންނެވެ. އަދި އަރައިގެން ހުރީ ސްނިކާސް އަކަށެވެ. އަދި މާބޮޑު މޭކަޕެއް ވެސް ނެއް އިރުގައި ބޮލުގައި ވެސް އަދައިގެ ހުޅިއެއް ޖަހައިގެންނެވެ.

މިއާއި އެކުގައި ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.  ދީޕިކާ އެހާ ނުރަސްމީކޮށް އެ ހަފްލާގައި ބައިވެރިވީ ސަބަބެއް ނޭނގެ އެވެ. ނަމަވެސް އޭނާ މި ހަފުލާއަށް އައީ ފިރިމީހާ ރަންވީރު ސިންގް އަށް ބެސްޓް އެކްޓަރުގެ އެވޯޑު ލިބޭތީ އެތަނަށް ނައިސް ނުވެގެން ކަން ގިނަ ބަޔަކު ފާހަގަ ކުރި އެވެ. ރަންވީރު އަށް ބެސްޓް އެކްޓަރުގެ އެވޯޑު ލިބިފައިވަނީ "83″ގައި އޭނާ ކުޅެފައިވާ ރޯލަށެވެ.

 

View this post on Instagram

 

A post shared by Filmfare (@filmfare)

އެވޯޑު ބަލާ ސްޓޭޖަށް އަރަން ގޮވުމުން ރަންވީރު ވަނީ ދީޕިކާގެ އަތުގައި ހިފައި ދަމަމުން ކަހަލަ ގޮތަކަށް ސްޓޭޖަށް ވެސް އަރުވާފަ އެވެ. އެކަންވެސް ގިނަބަޔަކަށް ކަމަކު ނުދިއައެވެ. އަދި އެތަށް ބަޔަކު ބުނެފައިވަނީ ފިލްމްފެއާ އެވޯޑަށް ދީޕިކާގެ ހިތުގައި އެއްވެސް ގަދަރެއް ނެތްކަން ހާމަކޮށްދިނުމަށް އޭނާ ގަސްތުގައި ކުރި ކަމެއް ކަމަށެވެ.

ފެޝަން އައިކަން އެއްގެ ގޮތުގައި މަޝްހޫރު ދީޕިކާ ހުރީ ސްޓޭޖަށް އެރޭވަރަށް ވުރެ މާ ކެޝުއަލް ކޮށްކމަށް ބުނެ އެމީހުން ވަނީ ފާޑު ކިޔައިފައިއެވެ.

މީގެ ކުރިން އެވޯޑް ހަފްލާތަކުގައި ދީޕިކާ ބައިވެރި ވެފައިވަނީ މަޝްހޫރު ޑިޒައިނަރުންގެ ރީތި، އަގުބޮޑު ހެދުން އަޅައިގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *