ޖޭސްމިން އާއި އަލީގެ ލަވަ ނެރެފި

ޖޭސްމިން އާއި އަލީގެ ލަވަ ނެރެފި

Author
ފާތިމަތު ނާވީ
30 އޮގަސްޓް 2022 06:07
0

ކައިވެނި ކުރުމަށް ތައްޔާރު ވަމުން އަންނަ ޓީވީ ތަރިން ކަމުގައިވާ އަލީ ގޯނީ އާއި ޖޭސްމިން ބާސިން އެކުގައި ކުޅޭފައިވާ ލަވަ ރިލީޒް ކޮށްފިއެވެ.

ނީތީ މޯހަން އާއި ޝާން ކިޔާފައިވާ މި ލަވައިގެ ނަމަކީ "ސަޖާއުގާ ލުޓްކަރް ބީ" އެވެ. މި ލަވަ ޕްރޮޑިއުސް ކޮށް ނެރެފައިވަނި ސަރެގަމަޕާ އިންނެވެ. އެމީހުން ވަނީ މި ލަވަ އެމީހުންގެ ޔޫޓިއުބް ޗެނަލްގައި ރިލިޒް ކޮށްފައެވެ.

 

View this post on Instagram

 

A post shared by Jasmin Bhasin (@jasminbhasin2806)

ކަލާޒްގެ މަޝްހޫރު ޑްރާމާ "ދިލް ސޭ ދިލް ތަކް" އާއި "ނާގިން 4″ ފަދަ ސިލްސިލާތަކުގައި މަސައްކަތްކޮށްފައިވާ 31 އަހަރުގެ ބަތަލާ އާއި އަލީ ގޯނީ ލޯބީގެ ގޮތުން ގުޅިފައިވަނީ ބިގް ބޮސްގެ ސީޒަން 14ގައި ވާދަކުރުމުގެ ތެރޭގައެވެ.

ދަރަން ކުމާރު މިއުޒިކް ހަދާފައިވާ މި ލަވާގައި ރޮމޭންސްގެ އިތުރުން ނެށުން ވެސް ހިމެނެއެވެ. ރިއަލިޓީ ޝޯތައް ކަމަށްވާ "ބިގް ބޮސް" އާއި "ޚަތުރޯން ކޭ ކިލާޅީ" ގައި ވެސް ވާދަކޮށްފައިވާ ޖޭސްމިންއަށް ބޮލީވުޑްގެ ފިލްމަކުންވެސް ވަނީ ފުރުސަތު ލިބިފައެވެ.  އޭނަ ކުރިން ތަމަޅަ، ކަންނާޑާ، ތެލެގޫ އަދި މަލަޔާލަމް ފިލްމުތަކުގައި މަސައްކަތްކޮށްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.