ނޭޝަންސް ލީގުގަ ޔޫރަޕުގެ ޗެމްޕިއަން ޕޯޗުގަލް އިން މޮޅެއް ހޯދާ މުބާރާތް ނިންމާލައިފިއެވެ.
ރޭ ކުޅުނު މެޗުން ޕޯޗުގަލް ކުރިހޯދީ ކޮރޭޝިޔާ ވާދަކޮށް 2-3 ލަނޑުންނެވެ. ނޭޝަންސް ލީގުގެ އެންމެ ފުރަތަމަ މުބާރާތުގެ ތަށި ހޯދި ޕޯޗުގަލް އިން މި ފަހަރުގެ މުބާރާތް ނިންމާލީ ފްރާންސް ފަހަތުން ގްރޫޕް އޭގެ ދެ ވަނައިގައި އޮވެއެވެ. އެ ޓީމު ރޭ ކުރިހޯދީ 10 ކުޅުންތެރިންނާ އެކު މެޗު ނިންމާލި ކްރޮއޭޝިއާ ބަލިކޮށްފަ އެވެ.
މަޓެއޯ ކޮވަސިޗް ކްރޮއޭޝިއާ އަށް ލީޑުނަގައިދީފައިވަނިކޮށް ދެ ވަނަ ހާފް ފެށިގެން ހަ މިނިޓް ތެރޭ އެ ޓީމުގެ މާކޯ ރޮގަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ. އޭގެ މިނިޓެއް ފަހުން ރުބެން ޑިއާޒް ވަނީ ޕޯޗުގަލް އަށް އެއްވަރުކޮށްދީފަ އެވެ.
މެޗުގެ 60 ވަނަ މިނިޓްގައި ޔާއޯ ފެލިކްސް ޕޯޗުގަލަށް ލީޑުނަަގައިދީފައިވަނިކޮށް އޭގެ ފަސް މިނިޓް ފަހުން ކޮވަސިޗް ވަނީ ލަނޑެއް ޖަހައި ކްރޮއޭޝިއާ އަށް އެއްވަރުކޮށްދީފަ އެވެ. ޕޯޗުގަލް މޮޅުވި ގޯލު ޑިއާޒް ޖެހީ މެޗުގެ ފަހު މިނިޓްގަ އެވެ.