ބިނދުނީ ފައި، ހިތްވަރެއް ނޫން، ގޮނޑީ އިނދެގެންވެސް ކަސްރަތު ކުރެވޭނެ: ޝިލްޕާ

ބިނދުނީ ފައި، ހިތްވަރެއް ނޫން، ގޮނޑީ އިނދެގެންވެސް ކަސްރަތު ކުރެވޭނެ: ޝިލްޕާ

Author
ފާތިމަތު ނާވީ
25 އޮގަސްޓް 2022 08:04
0

ބޮލިވުޑްގެ ބަތަލާ ޝިލްޕާ ޝެއްޓީއަކީ އޭނާގެ ލޫޅާފަތި ހަށިގަނޑާއި ފިޓްނަސްއަށް ބަހައްޓާ އަހަންމިޔަތު ކަމުގައި ވަރަށް މަޝްހޫރު ބަތަލާއެކެވެ.

ނަމަވެސް އޭނާ މިހާރު މަސައްކަތް ކުރަމުން އަންނަ ވެބް ސީރީޒް "އިންޑިއަން ޕޮލިސް ފޯސް"ގެ ޝޫޓިންގައި މިދިޔަ ހަފްތާގައި އޭނާގެ ފައި ބިނދުމުގެ ސަބަބުން ވަނީ 6 ހަފްތާ ވަންދެން މަސައްކަތާއި ދުރުވެފައެވެ.

ނަމަވެސް ސިލްޕާ ބުނާގޮތުގައި އޭނާ ފައި ބިދުނު ކަމުގައިވިޔަސް އޭނާގެ ދިރިއުޅުމާއި ހާއްސަކޮށް ކަސްރަތު ކުރުމާ ދުރެއް ނުކުރެވޭނެއެވެ.

ބިނދުނީ ފައި ކަމަށާއި ހިތްވަރު ނޫން ކަމަށް ބުނެ އޭނާ ގޮނޑީގައި އިނދެގެން ކަސްރަތު ކުރާ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ފޭނުންނާއި ހިއްސާ ކޮށްފައެވެ.

ބޮޑު ކާސްޓެއް ހިމެނޭ "އިންޑިއަން ޕޮލިސް ފޯސް" ގައި ޝިލްޕާގެ އިތުރުން ސިދާތު މަލްހޮތުރާ އާއި ވިވެކް އޮބެރޯއީ ފެނިގެން ދާނެއެވެ. މި އެކްޝަން ތްރިއްލާ ޑައިރެކްޓް ކުރަނީ ރޯހިތު ޝެއްޓީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.