ރައީސް އޮފީހުގެ ތަރުޖަމާންކަމުން މަބްރޫކު އިސްތިއުފާ ދީފި

ރައީސް އޮފީހުގެ ތަރުޖަމާންކަމުން މަބްރޫކު އިސްތިއުފާ ދީފި

Author
ހުސެއިން
24 އޮގަސްޓް 2022 06:49
0

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ތަރުޖަމާންކަމުން މަބުރޫކު އިސްތިއުފާ ދެއްވިކަން ރަސްމީކޮށް ރައީސް އޮފީހުން އިއުލާން ކުރައްވާފައި ނުވިނަމަވެސް، ބައެއް އޮފިޝަލުން ވަނީ އޭނާ މަގާމުން އިސްތިއުފާ ދެއްވިކަން ޚަބަރު އޮންލައިނަަށް ޔަގީން ކޮށްދެއްވާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަބްރޫކު ވަޒީފާއަށް ނުނިކުންނަތާވެސް ވަނީ ދުވަސްތަކެއް ވެފައެވެ. އަދި ފާއިތުވި ޑިސެމްބަރުމަހު އޭނާ ވަނީ ތައިލެންޑް ކުއްޖަކާ ކައިވެނި ބައްލަވައިގެންފައެވެ.

މަބުރޫކު ރައީސް އޮފީހުގެ ތަރުޖަމާނަކަށް ހަމަޖައްސަވާފައިވަނީ ފާއިތުވެދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ. އޭނާ އެމަގާމަށް ހަމަޖެއްސެވީ މިނިސްޓަރުންގެ ނައިބުގެ ފެންވަރުގައެވެ. އޭގެ ކުރިން އެ މަގާމްގައި ހުންނެވީ އިބްރާހިމް ހޫދުއެވެ. އޭނާއާއި ފަހުން ވަނީ ރައީސް އޮފީހުގެ ފޮރިން ރިލޭޝަން ޑިޕާޓްމަންޓަށް ހިންގެވުމާއި ހަވާލު ކުރައްވާފައެވެ.

ހޫދުގެ ކުރިންޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓްގެ މަގާމް އަދާކުރައްވާފައިވަނީ ހަސަަން އިސްމާއިލްއެވެ.

މި އޮގަސްޓުމަހުގެ 1 ވަނަ ދުވަހު ރައީސް އޮފީހުންވަނީ އެ އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓްގެ ވެރިޔަކަށް އަދި ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓްގެ މަގާމަށް މުހައްމަދު ހިސާން އަލީ (ހިސްކޮ) ހަމަޖައްސަވާފައެވެ.

މަބުރޫކު އަޒީޒު ރައީސް އޮފީހުގެ ތެރުޖަމާނަކަށް ހަމަޖެއްސެވީ ކޯވިޑް ކާރިސާގެ ތެރޭގައި، ކޯވިޑް ޓާސްކްފޯސްގެ ތަރުޖަމާންކަން އޭނާ އަދާ ކުރެއްވުމަށްފަހުއެވެ.

މަބުރޫކު މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު، އެމްޑީޕީގެ އެތެރޭގައި ސިޔާސީ ޚިޔާލު ތަފާތުވުން ބޮޑުވެ، އެޕާޓީވަނީ ރައީސް ސާލިހުއާއި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ދެބޭފުޅުންގެ މެދުގައި ބެހި، ޕާޓީވަނީ ދެ ފެކްޝަނެއްގެ ގޮތުގައި މަސައްކަތް ކުރާން ފަށާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

a ahmed
Meenayah dhen dheynee e ah vure mathee magaameh mdp podium thah falhu filuvaadhey ekaku mee