މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރުގެ ނަޖީބުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރުގެ ނަޖީބުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި

Author
ހުސެއިން
23 އޮގަސްޓް 2022 04:17
0

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރަޒަކު 12 އަހަރަށް ޖަލަށް ލާން ކޮށްފައިވާ ހުކުމް މެލޭޝިއާގެ ސުޕްރީމް ކޯޓުން ދަމަހައްޓައިފިއެވެ.

މި ހުކުމާއެކު، ނަޖީބަށް ދެން ޖެހިވަޑައިގަންނަވާނީ، މިއަދުގެ ވަގުތެއްގައި ޖަލުހުކުމް ތަންފީޒު ކުރައްވަން، ޖަލަށް ވަޑައިގަންނަވާށެވެ. އޭނާގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ އޭނާގެ ވެރިކަމުގައި އުފެއްދި ފަންޑެއް ކަމުގައިވާ "ވަން އެމްބީޑީ" 1MDB ފަންޑުގެ ޚިޔާތުގެ ދައުވާތައް އޭނާގެ މައްޗަށް ސާބިތު ވުމާއި ގުޅިގެންނެވެ.

އޭނާ ވެވަޑައިގަންނަވާނީ، މެލޭޝިއާގެ ތާރީޚުގައި ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގެންނެވި ފުތަމަ ބޮޑުވަޒީރަށެވެ.

ނަޖީބުގެ ޝަރީއަތުގައި ޕްރޮސެކިއުޓަރުން ވިދާޅުވެފައިވަނީ، އޭނާގެ ވެރިކަމުގައި 2009 ވަނަ އަހަރޔ އުފެއްދި 1MDB ފަންޑުން 4.5 ބިލިއަން ޑޮލަރު ވަގަށް ނަގާފައި ވާ ކަމުގައެވެ.

ނަޖީބުގެ މައްޗަށް 12 އަހަރަށް ޖަލަށް ލާން ދަށު ކޯޓުން ކުރި ހުކުމަށްފަހު 2018ވަނަ އަަހަރުން ފެށިގެން ކަފާލާތުގެ ދަށުން އޭނާ ހުންނެވީ ޖަލުން މިނިވަން ކޮށްފައެވެ. އެއީ އޭނާގެ މައްޗަށް އިއްވި ހުކުމް އިސްތިއުނާފަށް ހުށަހެޅުމާއި ގުޅިގެންނެވެ.

ނަޖީބުއަކީ މެލޭޝިއާގެ ބާނީ އަދު ކުރީގެ ބޮޑުވަޒީރުގެ ދަރިކަލުންނެވެ. އޭނާ އެންމެ ކުޑައިރުއްސުރެ ބޮޑު ކޮށްފައިވަނީ މެލޭޝިއަގެ ބޮޑުވަޒީރުކަމަށް ތައްޔާރު ކުރަމުންނެވެ.

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތީރުގެ ވެރިކަމުގައި އޭނަ ވަަނީ ބޮޑުވަޒީރުގެ ނައިބުކަން ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހުސޭނުބެ
ޔާމީނުގެ އެކައުންޓްގައިވެސް ހުރީ ފަޅުތަކާއި ރަށްތައް ވިއްކައިގެން ލިބުނު ފައިސާކަން ނޭގޭ ކުޑަކުއްޖެއްވެސް ނެތެވެ. އެކަމަކު މިތަނުގެ ކޯޓުތަކުން ސާބިތެއް ނުކުރެވެއެވެ. މީ ކެހެނަކުން ވޫ ކަމެއްބާއެވެ؟