ބޮލީވުޑް ތަރިންނަކީ ވަރަން އިނޮސެންޓް ބައެއް: އަރުޖުން

ބޮލީވުޑް ތަރިންނަކީ ވަރަން އިނޮސެންޓް ބައެއް: އަރުޖުން

ފިލްމްތައް ބޮއިކޮޓް ކުރުމަށް ސޯޝަލް މީޑީއާގައި ހިންގާ ކަންތައް ތަކަކީ ބޮޑު ޖަރީމާއެއް ކަމަށާއި އެފަދަ ކަންތަށް ނުކުރުމަށް އެކްޓަރު އަރުޖުން ކަޕޫރު އެދިއްޖެއެވެ.

އޭނާ ވަނީ ބޮލީވުޑް ފިލްމުތައް ބޮއިކޮޓް ކުރުމަށް ގޮވަމުންދާތީ އެކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. ދާދިފަހުން ނެރުނު އާމިރު ޚާންގެ ފިލްމް "ލާލް ސިންގް ޗައްޑާ" ވެސް ބޮއިކޮޓް ކުރުމަށް ވަނީ ގޮވާލައިފައެވެ. އަދި އެ ފިލްމަށް އުންމީދު ކުރި ވަރާއި ގާތަށްވެސް މީހުން ވަދެފައެއް ނުވެއެވެ.

މިކަމާ އާމިރު ވަނީ ބަރަށް ބޮޑަށް ކަންބޮޑުވުން ވެސް ފާޅު ކޮށްފައެވެ. އަދި ފިލްމު ބޮއިކޮޓް ނުރުމަށް ވެސް ވަނީ ބުނެފައެވެ. މިހާރު އަނެއްކާ ވެސް އަންނަނީ އިތުރު ފިލްމެއް ބޮއިކޮޓް ކުރުމަށް ގޮވަމުނެވެ. އެއީ އާލިއާ ބަޓް އާއި ރަންބީރު ކަޕޫރުގެ އަލަތު ފިލްމު "ބްރަމަސްތުރާ"އެވެ. އެއާއެކު އެ ފިލްމުގެ އެއް ޕްރޮޑިއުސަރު ކަރަން ޖޯހަރު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކޯވިޑްގެ ފަހުން ސިނަމާ ތަކުގައ އަޅުވާ ފިލްްމުތައް ހިނގާފައި ހުރީ ވަރަށް މަދުންނެވެ. އާންމުކޮށް ބޮޑެތި ތަރިންގެ ފިލްމުތަށް މިހާތަނަށް ވީ ފްލޮޕެވެ. އެކަމާ ވާހަކަ ދައްކަމުން އަރުޖުން ބުނީ ބޮލީވުޑްގައި ތިބީ ވަރަށް އިނޮސެންޓް މީހުން ކަމަށެވެ.

"ބޮލީވުޑްގައި ތިބީ ވަރަށް އިނޮސެންޓް މީހުން. ސޯޝަލް މީޑިއާ ގައި ސްޓާރުން އަދި ފިލްމު ތަކާއި ދެކޮޅަށް ހިންގާ ކަންކަން ވަގުތުން ވަގުތަށް ހުއްޓާލަން ޖެހޭ. އަހަރެމެން ސްޓާރުންނަށް ވަރަށް ކެތް ކުރެވިއްޖެ."

– އަރުޖުން

އަރުޖުންގެ އެންމެ ފަހުގެ ފިލްމް އަކީ "އޭކް ވިލަން ރިޓާންސް" އެވެ. އެ ފިލްމް ރިލީޒް ކުރީ ޖުލައި މަހުގެ 29 ވަނަ ދުވަހުއެވެ. މިހާތަނަށް އެ ފިލްްމަށް ވެސް ލިބިގެން ދިޔައީ ވަރަށް ފިނި ތަރުހީބެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *