ސައުތުގެ މަޝްހޫރު އެކްޓަރު ވިޖޭ ދެވަރަކޮންޑާ މިހާރު ވަރަށް ބިޒީއެވެ. އޭނާ އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ލައިގާ" ގެ ޕްރޮމޯޝަންގައި ތަފާތު އިވެންޓް ތަކުގައި ބައިވެރި ވަމުންނެވެ.
މި ފިލްމަކީ އޭނާ ބޮލީވުޑަށް ތައާރަފްވާ ފިލްމެވެ. ފިލްމުގެ ޕްރޮމޯޝަންތައް ބާރު ސުޕީޑުގައި ކުރިއަށް ދާއިރުގައި އޭނާއަކީ ގިނަ އަންހެން ކުދިންގެ ހިތްތަކުގެ ރާޖާވެސްމެއެވެ.
އެގޮތުން ބޮލީވުޑްގެ އެކްޓަރެސް ސާރާ އަލީ ޚާން ބުނެފައިވާ ގޮތުގައި އޭނާ މިހާރު ބޭނުންވަނީ ވިޖޭއާއި ރައްޓެހިވާށެވެ. އަދި ހަޔާތުގެ ބައިވެއރިއަކަށް ބޭނުންވަނީ ވިޖޭކަމަށް އޭނާ ވަނީ ބުނެފައެވެ. މީގެ އިތުުރުން ކަރަން ޖޯހަރުގެ "ކޮފީ ވިތު ކަރަން"ގައި ވެސް ސާރާ ވަނީ މިވާހަކަ ކޮންމެވެސް ވަރަކަށް ދައްކާފައެވެ.
އެއާއެކު ވިޖޭ ވަނީ ސާރާއަށް މެސެޖްކޮށްފައެވެ. ވިޖޭ ބުނީ ސާރާއަކީ ވަރަށް ސްވީޓް މީހެއްކަމަށާއި އޭނާއާއި މެދުގައި އެގޮތަށް ވާހަކަ ދެއްކީތީ ޝުކުރުވެރި ވާކަމަށެވެ.
މި މެސެޖާއި ގުޅިގެން މިހާރު ސާރާގެ ލޮލަށް ނިދި ނާންނަ ކަމަށް ފަހުގެ ޚަބަރުތައް ބުނެއެވެ. އެނާ މިހާރު ބޭނުންވަނީ ވިޖޭ އާ ލޯބީގެ ގޮތުން ގުޅެން ކަމަށާއި އޭނާއަށް ވިޖޭ ވަރަށް ކަމުދާ ކަމަށް ވެސް ބުނެފައި ވެއެވެ.
މީގެ ކުރިން ސާރަ ވަނީ އޭނާ ބޮލީވުޑަށް ތައާރަފްވި ފިލްމު" ކޭދާރްނާތު" ގެ އެކްޓަރު ސުޝާންތު ސިންްގް ރާޖްޕުތާ ލޯބީގެ ގޮތުން ގުޅިގެން އުޅެފައެވެ. ނަމަވެސް ފިލްމު ރިލީޒް ކުރުމާއި އެކުގައި އެދެމީހުން ވަނީ ރުޅިވެފައެވެ.
މީގެ އިތުރުން ސާރާ ވަނީ އޭނާގެ އެހެން ކޯސްޓާރަކާ ވެސް ޑޭޓް ކޮށްފައެވެ. އެއީ 2020ގައި އޭނާ ކުޅުނު ފިލްމް "ލަވް އާޖްކަލް"ގެ އެކްޓަރު ކާތިކް އާރިޔާންއެވެ. އެމީހުންގެ ގުޅުންވެސް ދެމި އޮތީ ފިލްމު ރިލީޒް ކުރުމާ ހަަމައަށެވެ.
މިހާރު ސާރާ ހުރީ ހުސްކޮށް ކަމަށް އޭނާ ބުނެއެވެ. އެހެން ކަމުން މިހާރު އޭނާ ހުރީ ވިޖޭގެ އިންތިޒާރުގައެވެ. ނަމަވެސް ވިޖޭ ހުރީ ހުސްކޮށް ތޯ ނުވަތަ ނޫން ތޯ އޭއީ އުފެދޭ ސުވާލެކެވެ. މީޑިއާތަކުން ބުނާގޮތުގައި ވިޖޭ އުޅެނީ ޒުވާން ބަތަކާ ރަޝްމިކާ މަންދަނާއާ ލޯބީގެ ގޮތުން ގުޅިގެންނެވެ.