"ޑްރީމްގާލް 2″ ގައި އަޔުޝްމާނާ އެކުގައި އަނައްނިޔާ

"ޑްރީމްގާލް 2″ ގައި އަޔުޝްމާނާ އެކުގައި އަނައްނިޔާ

އަޔުޝްމާން ކުރާނާ އާއި ނުޝްރަތު ބަރޫޗާގެ ފިލްމް "ޑްރީމް ގާލް" އަކީ ކާމިޔާބު ފިލްމެކެވެ. މި ފިލްމުގެ ކާމިޔާބީއާ އެކުގައި މިހާރު ވަނީ "ޑްރީމް ގާލް 2″ އިއުލާން ކޮށްފައެވެ.

ތަފާތު ކޮންސެޕްޓްތަކުގެ ފިލްމު ތަކަށް މަޝްހޫރު އެކްޓަރ އަޔުޝްމާންގެ ޑްރީމް ގާލްއަކީ ކޮމެޑި ފިލްމެކެވެ. މި ފިލްމުގެ ދެވަނަ ބައެއް ހަދާއިރުގައި ފިރިހެން ލީޑުން ހަމަ ފެނިގެންދާނީ އަޔުޝްމާނެވެ. ނަމަވެސް މި ފިލްމް ގައި ނުޝްރަތުގެ ބަދަލުގައި ފެނިގެންދާނީ ޒުވާން ބަތަލާ އަނައްނިޔާ ޕާންޑޭއެވެ.

އަނަންނިޔާ އަކީ ކޮމެޑި ފިލްމްތަކުގައި އެންމެ މަޖާ ބައިން ފެންނަ އެކްޓަރު ޗަންކީ ޕާންޑޭގެ ދޮށީ ދަރިފުޅެވެ. ބައްޕަ ފަދައިން މިފަދަ ރޯލެއް އަނައްނިޔާއަށް ކުޅޭވޭނެތޯ އެއީ މިހާރު އެންމެން ބަލަން ބެނުންވާ އެއްކަންތަކެވެ.

ޑައިރެކްޓަރު ރާޖް ސަންދިލްޔާގެ ފިލްމު "ޑްރީމް ގާލް 2″ އިން އަނައްނިޔާ ފެންނާނެ ކަން ގާތްގަނޑަކަށް ކަށަވަރު ވެފައިވާއިރު، މި ފިލްމުގެ އިތުރު ތަރިން އަދި އިއުލާނެއް ނުކުރެއެވެ.

އަނައްޔާއަކީ ކަރަން ޖޯހަރުގެ ސްޓޫޑަންޓް އޮފް ދަ އިޔާ 2 އިން ބޮލީވުޑަށް ނުކުތް ފަންނާކެވެ. އޭނާ މިހާރު އަންނަނީ ކުރިއަށް އޮތް ފިލްމް ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެއީ ސައުތުގެ މަޝްހޫރު އެކްޓަރު ވިޖޭ ދެވަރަކޮންޑާ ބޮލީވުޑަށް ތައާރަފްވާ ފިލްމު "ލައިގާ" އެވެ. ފިލްމް ރިލިޒް ކުރުމަށް ތާވަލް ކޮށްފައިވަނި މިމަހުގެ 25 އަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *