ބަލިވެ އިންކަން އިއުލާން ކުރި ފަހުން ފުރަތަަމަ ފަހަރަށް އާލިއާ ބަނޑު ދައްކާލައިފި

ބަލިވެ އިންކަން އިއުލާން ކުރި ފަހުން ފުރަތަަމަ ފަހަރަށް އާލިއާ ބަނޑު ދައްކާލައިފި

Author
ފާތިމަތު ނާވީ
07 އޮގަސްޓް 2022 09:28
0

ކައިވެންޏަށް 2 މަހުގައި ބަލިވެއިންކަން އިއުލާން ކުރި ބޮލީވުޑްގެ ޒުވާން ބަތަލާ އާލިއާ ބަޓް ގަޔަށް ބާރު ހެދުމަކާއި އެކުގައި ފުރަތަމަ ފަހަރަށް މީޑިއާގެ ކުރިމަށްޗަށް ނުކުމެއްޖެއެވެ.

ބަނޑުބޮޑު ކަން އިއުލާން ކުރީންސުރެ މިއަދާ ހަމައަށްވެސް އާލިއާ ފެނިގެން ގޮސްފައިވަނީ ގަޔަށް ވަރަށްދޫ ބަނޑު ނޭނގޭނެ ފަދަ ހެދުނަތަކުގައިއެވެ. މިހާތަނަށް އޭނާ ބައިވެރިވި ހުރިހާ އިވެންޓެއްގައިވެސް ބައިވެރިވީ ގަޔަށް ވަރަށް ދޫ ހެދުން ތަކުގައެވެ.

 

View this post on Instagram

 

A post shared by Alia Bhatt 🤍☀️ (@aliaabhatt)

އެހެންވެ އޭނާގެ ބަނޑު ކިހާބޮޑުކަން ނޫސްވެރިނަށް ނޭގެއެވެ. އިއްޔެ ވަނީ އާލިއާ އާއި ފިރިމީހާ އެކްޓަރު ރަންބީރު ކަޕޫރުގެ އަލަތު ފިލްްމް "ބަރަމަސްތުރާ" ގެ ލަވައެއް ލޯންޗް ކުރުމުގެ ހަފްލާގައި ބަނޑު ވަރަށް ބޮޑަށް އެނގޭ ގަޔަށް ބާރު ހެދުމަކާއި އެކުގައި މީޑީއާގެ ކުރިމަށްޗަށް ނުކުމެފައެވެ.

 

View this post on Instagram

 

A post shared by Pinkvilla (@pinkvilla)

ގަދަ ޗޮކްލެޓް ކުލައިގެ މިހެދުމުގައި އާލިއާގެ ބޮޑު ބަނޑު ވަަރަށް ރީތިކޮށް އެނގެއެވެ. ބެލެވޭ ގޮތުގައި އޭނާގެ ބަނޑަށް މިހާރު 6 މަސްވަރު ވެދާނެއެވެ.

ދެމަފިރިންގެ އަލަތު ފިލްމް "ބަރަމަސްތުރާ"ގެ ދެވަނަ ލަވަ "ދޭވާ ދޭވާ" ރިލިޒް ކުރުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. އިއްޔެ ވަނީ ލަވަ ލޯންޗް ކޮށްފައިއެވެ.

މީގެ ކުރިން ވަނީ ފިލްމުގެ ރޮމޭންޓިކް ލަވައެއް ކަމުގައިވާ "ކޭސަރިއާ" ބެލުންތެރިނަނަށް ދައްކާލައިފައެވެ. ފިލްމު ސިނަމާގައި އަޅުވަން ހަމަޖެހިފައިވަނި ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ 9 ވަނަދުވަހުއެވެ.

މި ފިލްމުގެ މަސައްކަތް ފަށާފައި ވަނީ މީގެ 5 އަހަރު ކުރިންނެވެ. 5 އަހަރުގެ ދިގުމުއްދެއް ހޭދަވެގެން ދިއަ "ބްރަމަސްތުރާ" އަކީ އާލިއާ އާއި ރަންބީރު އެކުގައި ފެންނަ ފުރަތަމަ ފިލްމެވެ. މި ދެތަރިންގެ އިތުރުން ފިލްމުން އަމިތާބް ބައްޗަން އާއި ނާގަ އަރުޖުނާ އަކިނޭނީ އަދި މޯނީ ރޯއީ މުހިންމު ރޯލުތަކުން ފެނިގެންދާނެވެ. މި ފިލްމްގެ ޑައިރެކްޓަރަކީ އަޔާން މުކަރްޖީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.