ދެވަނަ ދައުރެއް ޔާމިނަށް ދީފިނަމަ އަނިޔާވެރިކަން އިތުރުވާނެ: ރިޔާޒު

ދެވަނަ ދައުރެއް ޔާމިނަށް ދީފިނަމަ އަނިޔާވެރިކަން އިތުރުވާނެ: ރިޔާޒު

Author
މުޙައްމަދު ޝަޒައިމް
29 ޖުލައި 2022 02:08
0

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް ޔާމީނަށް ދެވަނަ ދައުރެއް ދީފިނަމަ އަނިޔާވެރިކަން އިތުރުވާނެ ކަމުގައި ކުރީގެ ސީޕީ އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު ރިޔާޒު ވިދާޅުވެއްޖެއެވެ.

ރިޔާޒު މިހެން ވިދާޅުވީ ރައީސް ޔާމީން ކުރިއަށް އޮތް ދައުރުގައި ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ފުލުހުންގެ މުވައްސަސާއަށް ބޮޑެތި ބަދަލުތަކެއް ގެންނަވާނެކަމަށް ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއު ކުރެއްވި ޓުވީޓަސް ރައްދު ދެއްވަމުންނެވެ.

ރިޔާޒު ވިދާޅުވީ ރައީސް ޔާމީނަށް ދެވަނަ ދައުރެއް ދީފިނަމަ އަނިޔާވެރިކަން އިތުރުވާނެކަމަށެވެ. ރައީސް ޔާމީންގެ ނިމިދިޔަ ދައުރުގައިވެސް ފުލުހުންގެ ޚިދުމަތް ބޭނުން ކުރައްވާފައިވަނީ މީހުން ފްރޭމް ކުރުމާއި، ޤާނޫނީ އުމުން ބޭރުން މީހުން ހިފާ ހައްޔަރު ކުރުމަށްކަމަށެވެ. އަދި އެދައުރުގައި ފުލުހުންގެ މުވައްސަސާ އޮތީ އެއްވެސް އުސޫލެއް ހަމައެއްނެތި ބޮއްސުން ލާފައިކަމަށް ރިޔާޒު ވިދާޅުވިއެވެ.

ރައީސް ޔާމިނުގެ ވެރިކަމުގަ ފުލުހުންގެ ޚިދުމަތް ބޭނުންކުރައްވާފަވަނީ މީހުން ފުރޭމް ކުރުމަށާއި ޤާނޫނީ އިމުން ބޭރުން މީހުން ހިފާހައްޔަރުކުރުމުގަ. މުޅި މުއައްސަސާ އޮތީ ބޮއްސުންލާފަ. އިސްލާހުކުރުމަށް ކޮށްދެއްވި ކަމެއްނެތް. 2 ވަނަ ދައުރެއް ޔާމީނަށް ދީފިނަމަ އަނިޔާވެރިކަން އިތުރުވާނެ.

– ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒުގެ ވާހަކަތަށް ޝުޖާ ވަނީ ރައްދުވެސް ދެއްވާފައެވެ. ޝުޖާ ވިދާޅުވީ މުޅި ފުލުހުންގެ މުއައްސަސާ ޚަރާބުކޮށް، އުސްފަސްގަނޑުގައި އެމްޑީޕީން ޓެންޓު ޖަހައިގެން ޤާނޫނައި ޚިލާފް އެތައ ކަމެއް ކުރަމުންދިޔައިރުވެސް ފުލުހުންގެ ޚިދުމުތުގައި ސީޕީގެ މަޤާމުގައި ހުންނެވި ބޭފުޅަކަށް ރަނގަޅާއި ހެވާއި ނޭގޭނެކަމަށެވެ.

މިވާހަތަކަށް ރައްދު ދެއްވައި ރިޔާޒު ވިދާޅުވީ ފުލުހުންގެ ޚިދުމަތުގައި ގައުމަށާއި ރައްޔުތުންނަށްކޮށްދިން ޚިދުމަތް ރައްޔިތުން ބަލައިގަތްކަމަށެވެ. ރައްޔިތުން ވަނީ ކޮށްދެއްވި ޚިދުމަތް ބަލައިގަނެ ދެވަނަ ދައުރަކަށްވެސް މަޖިލީހަށް އިންތިޚާބުކޮށް ދެއްވާފައިކަމަށް ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޝުޖާ ވިދާޅުވީ އިންތިޚާބުވީ ޤާސިމްގެ އެހީއާއި އެކުގައިކަމަށެވެ. މިހާރު ހުންނެވި ޕާޓީއަކުން މަޖިލިސް ގޮޑިއަކަށް އިންތިޚާބު ނުވާނެކަމަށްވެސް ޝުޖާވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އިސްމާޢީލް ޝަރީފް ވައިޓްރޯސް ތިމަރަފުށި
ރިޔާޒަކީ ސިޔާސީ އެއްވެސް ކަމަކަށް ފާޑު ކިޔޭނެފަދަ ބޭފުޅެއްނޫން. ކޮބާ ރިޔާޒްގެ ސްޓޭޓް މިނިސްޓަރ ބްރޯ... މިނިސްޓަރުކަމުން ވަކިވީ ކީއްވެތޯ... ވަކިކުރީތޯ... ވައްކަން ކުރީތޯ.... ކުޑަކުއްޖަކާ ބެހިވަޑައިގަތީތޯ.... ރައްޔިތުނަނަށް ސާފުކޮށްދީފަ އެހެންމީހުންނަށް ރައްދުދީ...
ގ ގިރިޔަށްނާރާ ތިލަ
ތިމާ އާއި ތިމާހިމެނޭ ޕާޓީއަށް ވެރިކަން ކިތަންމެ ބޭނުމަސް ، އަނެކާ އާއި އަނެއް ޕާޓީ މުޅަމަހަށްހަދައިގެން މުޅަމަސްނުކައި ، އަބުރުވެރި ފިކުރު ވިއްކައިގެން ރައްޔިތުން ރުއްސައި ވެރިކަމަށް އަންނަން ، ވެރިކަން ހޯދަން އުޅުން ރަގަޅު. ރިޔާޒް އާއި ، ނާޒިމް ، ސައްލޭ އާއި އަންނި، ޝާހިދް އާއި ޤާސިމް ، މައުމޫނާއި ޔާމީމް ، އަދި ޖާބިރު ، މި އެންމެންވެސް ރާއްޖޭގެ ރައްޔިތުން ވަރަށް ރަގަޅަށްދަނޭ. އެގޭ؛ ދަސްވެފަ . ރިޔާޒް ނުޖެހޭ ކިޔާދޭކަށް. އެންމެން މިތިބީ ޒިޔާޒް ކިޔަވައި ދަސް ކޮށ`ގެން،
ގ ގިޔަށްނާރާ ތިލަ
ތިމާ އާއި ތިމާހިމެނޭ ޕާޓީއަށް ވެރިކަން ކިތަންމެ ބޭނުމަސް ، އަނެކާ އާއި އަނެއް ޕާޓީ މުޅަމަހަށްހަދައިގެން މުޅަމަސްނުކައި ، އަބުރުވެރި ފިކުރު ވިއްކައިގެން ރައްޔިތުން ރުއްސައި ވެރިކަމަށް އަންނަން ، ވެރިކަން ހޯދަން އުޅުން ރަގަޅު. ރިޔާޒް އާއި ، ނާޒިމް ، ސައްލޭ އާއި އަންނި، ޝާހިދް އާއި ޤާސިމް ، މައުމޫނާއި ޔާމީމް ، އަދި ޖާބިރު ، މި އެންމެންވެސް ރާއްޖޭގެ ރައްޔިތުން ވަރަށް ރަގަޅަށްދަނޭ. އެގޭ؛ ދަސްވެފަ . ރިޔާޒް ނުޖެހޭ ކިޔާދޭކަށް. އެންމެން މިތިބީ ޒިޔާޒް ކިޔަވައި ދަސް ކޮށ`ގެން،
ރިޔާޒުގެ ލަދުހަޔާއި ކުޑަކަންދޯ އެމް.ޑީ.ޕީގެ ވެރިކަން ވައްޓަން ކަލެޔާއި؛ ކާާނަލް ނާޒިމް ބައިވެގެން ސިފައިންނާއި ފުލުހުން ޖުމްހޫރީމައިދާނަށް ނެރުނު ދުވަސް ހަނދާން ނުވަނީތޯ. އެ ޤާނޫނީ ވެރިކަން ވައްޓާލަން ދެ މުއައްސަސާގެ މީހުން ބޭނުން ކުރުމަށްވުރެ ވަކި ބޮޑު އަނިޔާއެއް މިޤައުމަށް ދެވޭނެތޯ؟
އ އެދުންބޮލައް
ތިރިޔާޒަކީީ ހީވާގޮތުގަަ އަމިއްލަަ ޢާއިލާއައްވެސްް އަޅާލާމީހެއްހެނެއްް ހިޔެއްނުވޭޭ ރިޔާޒަކީީ ކިބުރުވެރިި ބޮޑާވެރިި އެހެންމީހުންނައްް ރަހުމެއްް ހަމްދަރުދީއެއްވެސްް އޮންނަަ މީހެއްނޫހެންވަރައްހީވޭޭ ވަރައްް އަމިއްލައެދުންބޮޑުު ހަޔާތްކުޑަަ މީހެއްގެެ ސިފަތައްފެންނަހެންހީވާނީީ
ޢ ޢަލީ
ހަމަ ޔަގީންތާ ބަލަ ކޮބައިތޯ އޭނަ ނެގި ދައުލަތުގެ ލާތިތަށް... ދީނުގަ ހުއްދަޢީ ތޯ.... ޔާމީނަކީ ކާކުކަމާއި އޭނަ ކުރި ނޭއްގާނީ ކަންތަށް ދިވެހި ރައްޔިތުންނަށް އޮޅުން ފިލުވަދޭން ވެއްޖެ..
ޥ ޥ
ތިމާވެރިކަން ބޭނުންވިޔަސް އެހެންމީހުންގެ މަސްނުކާ ވެރިކަންލިބޭތޯބަލާބަލަ އެހެންމީހުންގެ ހައްގުތަކަންއަރާ ނުގަނޭ ވެރިކަމަށް ދަހިވެތިވިޔަސް ތިމާކުރާހެޔޮކަންތައް ހަސަދަވެރިކަމުގެ އަލިފާނުންއަންދާނުލާ ުާމީނުގެ ދުސްމިނާ
މ މިއަދު
ޓރިޔާޒު ތިވާހަކަބުނަން އަދިއަވަސް ވަގުތުޖެހުނީމަ ބުނަންހުރޭ ދިވެހިފުލުހުންނަށް ދިންގެއްލުމެއްވިއްޔަދިނީ ރިޔާޒު އަފްރާސީމުމަރުގެ މައްސަލައާއިގުޅިގެން ގައުފުރޮޅައިގެން ލިބުނު މައުލޫތު ވެސް ވަގުތުޖެހުނީމަ ހާމަކުރަން ހުރިގޮތަށް އަދިވެސް ވަގުތުނުޖެހިފަ ތިހެންހުރެ ގާސިމަށްދޯކާދީ އެފަކީރުގެ ކަރުގަ ހިފައިގެންތިހުރީ ތީ ރިޔާޒުގެފެންވަރަކީ
ބ ބުލްބުލް
kaleyves verikamah fenbovaigathee dho.