އިންޑޮނޭޝިއާއިން އެގައުމަށް ދަތުރުކުރާ ދިވެހިންނަށް އޮން އެރައިވަލް ވިސާ ދޭން ފަށައިފި

އިންޑޮނޭޝިއާއިން އެގައުމަށް ދަތުރުކުރާ ދިވެހިންނަށް އޮން އެރައިވަލް ވިސާ ދޭން ފަށައިފި

Author
ހުސެއިން
27 ޖުލައި 2022 06:03
0

އިންޑޮނޭޝިއާއިން އެގައުމަށް ދަތުރުކުރާ ދިވެހީންނަށް އޮން އެރައިވަލް، މިއަދުން ފެށިގެން ދޭން ފަށައިފިއެވެ.

ދިވެހިންނަށް އިންޑޮނޭޝިއާއިން އޮން އެރައިވަލް ވިސާ ދޭން ނިންމިކަން ހާމަ ކުރައްވަން، ފޮރިންގ މިނިސްޓަރ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވަނީ، މި ޖުލައި މަހުގެ 27 ވަނަ ދުވަހުން ފެށިގެން، އިންޑޮނޭޝިއާއަށް އޮން އެރައިވަލް ވިސާ ލިބޭ ގައުމުތަކުގައި ރާއްޖެ ހިމެނުއްވީތީ އެގައުމުގެ ފޮރިންގ މިނިސްޓަރ ރެންޓޯ މާސުޑީއަށް ޝުކުރު އަދާ ކުރައްވާފައެވެ.

މިއަހަރު މޭމަހު އިންޑޮނޭޝިއާއިން ރާއްޖެއަށް ކަޑައެޅުއްވި އާސަފީރު ފަތްކޮޅު އެރުއްވުމަށްފަހު ބޭއްވެވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިންޑޮނޭޝިއާއަށް ދަތުރުކުރާ ދިވެހިންނަށް ވިސާ ލިބޭނެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމާ ގުޅޭ ގޮތުން ވެސް އެ ޤައުމުގެ ސަފީރާ އެކު މަޝްވަރާ ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.