މިއަހަރު ރާއްޖެއިން ޙައްޖަށް ދިޔަ ހުރިހާ ޙައްޖުވެރިން އެނބުރި ރާއްޖެ އަތުވެއްޖެއެވެ.
ދިވެހި ހައްޖުވެރިންގެ އެންމެ ފަހު ގްރޫޕް އެނބުރި އައީ މިއަދު ހެނދުނުއެވެ. އެއީ 117 ޙައްޖުވެރިންނެވެ.
ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގްރޫޕު ރާއްޖެއައިސްފަނީ މިމަހުގެ 20 ވީ ބުދަ ދުވަހު ދުވަހު އެވެ. އެ ދުވަހު 157 ހައްޖުވެރިން ވަނީ ރާއްޖެ އައިސްފައެވެ.
ދެވަނަ ގްރޫޕު ރާއްޖެއައީ މިމަހުގެ 23 ވަނަ ދުވަހުއެވެ. އެދުވަހު 175 ޙައްޖުވެރިން ވަނީ ރާއްޖެ އައިސްފައެވެ.
ރާއްޖެއިން މިއަހަރު ޙައްޖަށް ދިޔަ ދިވެހި ޙައްޖާޖީންގެ އެންމެ ފަހު ގްރޫޕް ރާއްޖެ އައުން pic.twitter.com/Cc21OCQRE8
— Ministry of Islamic Affairs (@MVIaffairs) July 27, 2022
އިސްލާމިކް މިނިސްޓްރީން ބުނީ ދިވެހި ހުރިހާ ޙައްޖުވެރިންނާއި އާއިލާގެ ބޭފުޅުންނަށް ހާއްސަކޮށް ހިދުމަތްދިނުމަށްޓަކައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ޙައްޖުވެރިންނަށް ހާއްސަ ސަރަހައްދެއް ހަމަޖައްސައި އިތުރު މުވައްޒަފުން ހަރަކާތްތެރިވެފައި ވާކަމަށެވެ.
މިއަހަރު ޖުމްލަ 453 ދިވެހި ހައްޖުވެރިން ހައްޖުގެ އަޅުކަން އަދާކޮށްފައިވެއެވެ.
މިއަހަރަކީ ކޯވިޑުގެ ބަލިމަޑުކަމަށް ފަހު، ޙައްޖުގެ އަޅުކަން އާންމުކޮށް ހުޅުވާލައިގެން ނުބާއްވާތާ 2 އަހަރު ފަހުން، ދުނިޔޭގެ ހުރިހާ ގައުމަކަށް ހުޅުވާލައިގެން ޙައްޖުގެ އަޅުކަން ބޭއްވި އަހަރެވެ.