އާބިޑުވަޒީރަކު އައްޔަން ކޮށް، ސްރީ ލަންކާގެ އާ ކެބިނެޓް ހުވާ ކޮށްފި

އާބިޑުވަޒީރަކު އައްޔަން ކޮށް، ސްރީ ލަންކާގެ އާ ކެބިނެޓް ހުވާ ކޮށްފި

Author
ހުސެއިން
22 ޖުލައި 2022 12:59
0

ސްރީ ލަންކާގެ އަލަށް އައްޔަންކުރި ރައީސް ރަނިލް ވިކްރެމެސިންގހެގެ ސަރުކާރުގެ އާ ބޮޑުވަޒީރު އައްޔަންކޮށް، ބޮޑުވަޒީރުގެ ކެބިނެޓް ހުވާ ކޮށްފިއެވެ.

އާ ރައީސް ރަނިލް ވިކްރެމެމެސިންހެ އޭނާގެ ބޮޑުވަޒީރަކަށް ހަމަޖައްސަވާފައިވަނީ ގިނޭޝް ގުނަވަރުދަނަ އެވެ. ގުނަވަރުދަނަ މިއަދު ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވާފައިވަނީ ބޮޑުވަޒީރުގެ ގެކޮޅުގައެވެ.

ގުނަވަރުދަނަ ވަނީ ގާނޫނުހަދާ މަޖިލިހުގެ މެމްބަރުކަމުގެ އިތުރުން ކެބިނެޓް މިނިސްޓަރުކަމާއި ގާނޫނުހަދާ މަޖިލިހުގެ ރައީސްކަންވެސް ކުރައްވާފައެވެ.

ގުނަވަރުދަނައަކީ ވާތުފިޔައިގެ ޕާޓީއެއް ކަމުގައިވާ މަހާޖަނާ އެކްސަތު ޕެރަމުނަ (MEP) ލީޑަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.