"ބްރަމަސްތުރާ-2 " ގައި ދީޕިކާ؟

"ބްރަމަސްތުރާ-2 " ގައި ދީޕިކާ؟

ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ރިލީޒް ކުރުމަށް ތައްޔާރުވަމުން އަންނަ ސުޕަ ހީރޯ ފިލްމު "ބްރަމަސްތުރާ' ގެ ދެވަނަ ބައިގާ ރަންބީރު ކަޕޫރާއެކު ފެނިގެން ދާނީ ދީޕިކާ ޕަޑުކޯން ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

2008 ވަނަ އަހަރު ދީޕިކާ އާއި ރަންބީރު ލޯބީގެ ގޮތުން ގުޅުނެވެ. އެއީ އެދެމީހުން އެކުގައި ކުޅުނު ފިލްމް "ބަޗްނާއޭ ހަސީނޯ"ގެ ސެޓުން ދެމީހުން ބައްދަލުވެ، ލޮތްބަށް ބަދަލުވި ގުޅުމެކެވެ.

ނަމަވެސް އެގުޅުމަށް 2 އަހަރުގައި 2010 ވަނަ އަހަރު ވަނީ އެދެމީހުން ރުޅިވެފައެވެ. ރައްޓެހިވެގެން އުޅުނު އިރު ދެމީހުން ވެސް އެކަކު އަނެކަކާ ގުޅޭގޮތުން ނޫސްވެރިންނާ ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ވާހަކަ ދައްކައި އުޅުނެވެ.

ނަމަވެސް އެމީހުންގެ ލޯބީގައި ފުލުސްޓޮޕް ޖެހުނީ ރަންބީރު ބޭވަފާ ތެރި ވުމުގެ ސަބަބުން ކަމަށް ޚުދު ރަންބިރު ވެސް ވަނީ އެއްބަސް ވެފައެވެ. ދެމީހުންގެ ލޯބީގެ ގުޅުން ނިމުނު ކަމުގައި ވިޔަސް އެކުގައި ބައެއް ފިލްމުތަކުން ފެނެގެން ގޮސްފައި ވެއެވެ.

މީގެ އިތުރުން ރަންބީރުގެ އަބިމީހާ އަދި ބަތަލާ އާލިއާ ބަޓާއެކު ރަންބީރު ފެނިގެންދާ ފިލްމު "ބްރަމަސްތުރާ"ގެ ދެވަނަ ބައިގާ ފެނިގެން ދާނީ ދީޕިކާ ޕަޑުކޯން ކަމަށް ޚަބަރުތަށް ބުނެއެވެ.

"ބްރަމަސްތުރާ" އަކީ ސުޕަރ ހީރޯ ފިލްމެކެވެ. މީ އިންޑިއާގައި އުފައްދާ މިފަދަ ފުރަތަމަ ފިލްމެވެ. ބޮޑު ކާސްޓެއް ހިމެނޭ މި ފިލްމުގައި އަމީތާބް ބައްޗަން، މޯނީ ރޯއީ އަދި ނާގަ އަރުޖުނާ ފަދަ ބޮޑެތި ތަރިން ހިމެނެއެވެ.

ޑައިރެކްޓަރު އަޔާން މުކަރްޖީގެ "ބްރަމަސްތުރާ" ނިންމުމަށް 5 އަހަރުގެ ދިގު މުއްދަތެއް ނެގިއެވެ. ރަންބީރާއި އާލިއާގެ ލޯބީގެ ފެށުމަކީ ވެސް މި ފިލްމެވެ.

އާލިއާ އާއި ރަންބީރު ކައިވެނި ކުރީ މި އަހަރުގެ އެޕްރިލް 14 ވަނަ ދުވަހުއެވެ. އަދި ޖޫން މަހުގެ ތެރޭގައި ކައިވެންޏަށް ދެ މަހުގައި އެމީހުން ވަނީ ދަރިއަކު ލިބެން އުޅޭ ކަން އިއުލާން ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *