ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް ލަފާކޮށް މުޅި ރާއްޖެ ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ މެޓްއިން މީގެ ކުޑައިރުކޮޅެއް ކުރިން ހުދު ސަމާލު ނެރެފައިވަނީ މުޅި ރާއްޖޭގެ ހުރިހާ ރަށްތަކެއް ހިމެނޭ ގޮތަށް ހަވީރު 17:00 އިން މިރޭ 23:00 އާއި ހަމަށެވެ.
މެޓުން ބުނީ، މިވަގުތުތަކުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. ވައި ގަދަވާނެތީ އެކަމަށް ސަމާލްވުމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. އާއްމުގޮތެއްގައި ވައިގެ ބާރުމިން އުޅޭނީ 19މޭލާ 24 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެކަމަށެވެ.
Alert white for Heavy rain and thunderstorms with gust wind. pic.twitter.com/uEdYd9MTfH
— Maldives Meteorology (@MetMaldives) July 20, 2022
ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 7 ފޫޓާ ދެމެދުގައެވެ. މެޓް އޮފީހުންވަނީ ވިއްސާރަވެ ފެން ބޮޑުވެދާނެ ކަމަށާއި، އަދި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލްވުމަށް އިލްތިމާސްކޮށްފައެވެ.
މިދިޔަ އާދިއްތަ ދުވަހުވެސް ރާއްޖެއަށް ކުރި ވިއްސާރައިގައި މާލޭގައި ފެން ބޮޑުވެފައިވެއެވެ. ފެން ހިންދާފައިވަނީ އެމްއެންޑީއެފްގެ އެހީތެރިކަމާއެކުއެވެ.
ކޮމެންޓު ފޮނުވާ