މިސް ޔުނިވާސްގެ ލަގަބު ހޯދާފައިވާ ބޮލީވުޑް ތަރި ސުޝްމިތާ ސެން އާއި އޭނާގެ މިހާރުގެ ލޯބިވެރިޔާ ލަލިތު މޯދީގެ ޖޯޑު ނުގުޅޭކަމަށް ސުޝްމިތާގެ ފޭނުން ބުނަން ފަށައިފިއެވެ.
އުމުރުން 46 އަހަރުގެ ސުޝްމިތާ އޭނާއަށް ވުރެ 16 އަހަރު ހަގު ރޮހްމާން ޝޯލް އާއި ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު، އެމީހުންގެ ގުޅުން ނިމުމަކަށް ގެނައިކަން އިއުލާން ކުރީ މީގެ ދެމަހެއްހާ ދުވަސް ކުރިންނެވެ.
އޭރު ސުޝްމިތާ ބުނީ އާއިލާއަށް ވަގުތު ދިފިނުމުގެ ގޮތުން އެމީހުންގެ ގުޅުން ނިމުމަކަށް ގެނައީ ކަމަށެވެ. އެހެން ކަމުން ގިނަބަޔަކު ހީކުރީ އޭނާ އަވަހަށް ދެން މީހަކާ ރައްޓެހި ނުވާނެ ކަމަށެވެ.
ނަމަވެސް ޒުވާން ލޯބިވެރިޔާއާ ރުޅިވެގެން މާގިނަ ދުވަސް ނުވަނީ ސުޝްމީތާ އަނެއްކައިވެސް ވަނީ ލޯބީގެ ގޮތުން އާ ބައިވެރިއަކު ހޯދާފައެވެ. އެއީ އުމުރުން 56 އަހަރުގެ ލަލިތު މޯދީއެވެ.
ލަލިތު ވަނީ ސުޝްމިތާ އާއި ރައްޓެހިވެގެން އުޅޭކަން ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާން ކޮށްފައެވެ. އަދި ވަރަށް ގައިގޯޅި ފޮޓޯތަކެއްވެސް ވަނި އާންމުކޮށްފައެވެ. އޭގެތެރޭގައި ދާދިފަހުން އެދެމީހުން ރާއްޖެއަށް ކުރި ޗުއްޓީ ދަތުރުގެ ފޮޓޯތައް ވެސް ހިމެނެއެވެ.
Just back in london after a whirling global tour #maldives # sardinia with the families – not to mention my #betterhalf @sushmitasen47 – a new beginning a new life finally. Over the moon. 🥰😘😍😍🥰💕💞💖💘💓 pic.twitter.com/Vvks5afTfz
— Lalit Kumar Modi (@LalitKModi) July 14, 2022
ލަލިތު ގެ ޕޯސްޓާ ގުޅިގެން ސުޝްމިތާވެސް ވަނީ ސޯޝަލް މީޑިއާއަށް ޕޯސްޓެއް ދޫކޮށްލާފައެވެ. އެނާ ބުނެފައިވަނީ މިހާރު އޭނާ ހުރީ ވަރަށް އުފަލުން ކަމަށާއި މިއީ އަނެއްކާވެސް އައު ފެށުމެއް ކަމަށެވެ. ނަމަވެސް އަދިވެސް ކައިވެންޏަކާ ހަމައަށް ނުދާކަމަށް ބުނެފައިވެއެވެ.
އިންޑިއާގެ މަޝްހޫރު ވިޔަފާރިވެރިޔާ ލަލިތަކީ އިންޑިއަން ޕްރިމިއާ ލީގްގެ ފައުންޑަރެވެ. 1991 ގައި އޭނާ ކައިވެންޏެއް ކުރިއެވެ. އެހެންނަމަވެސް 2018 ވަނަ އަހަރު ކެންސަރު ބަލީގައި އޭނާގެ އަންހެނުން ވަނީ ދުނިޔެ ދޫކޮށްފައެވެ. އެދެމީހުނަށް ދެ ކުދިން ލިބިފައި ވެއެވެ.
ސުޝްމިތާ އާއި ލަލިތުގެ ގުޅުން ހާމަކުރުމާއެކު އެދެމީހުން ނުގުޅޭ ކަމަށް ގިނަބަޔަކު ވަނީ ބުނެފައެވެ. އަދި ސުޝްމިތާ އާއެކު ލަލިތު ހުންނަ އިރު އުމުރުގެ ތަފާތު މާބޮޑަށް ފެނެނަ ކަމަށާއި މީ އެއްވެސް ގޮތަކަށް ގުޅޭ ޖޯޑެއް ނޫން ކަމަށް ސުޝްމިތާގެ ގިނަ ފޭނުން ވަނި ބުނެފައެވެ.
ސުޝްމީތާ މިހާތަނަށް އަދި ކައިވެންޏެއް ނުކުރެއެވެ. ނަމަވެސް އޭނާ އެޑޯޕްޓް ކޮށްގެން ގެންގުޅޭ ދެކުދިން ތިބެއެވެ.
މީގެ ކުރިންވެސް ސުޝްމިތާގެ ލޯބީގެ ވާހަކަތައް ވަނީ ހޫނު ސުރުހީތަކެއް ހަދާފައެވެ. އޭނާގެ ލޯބިވެރިންގެ ލިސްޓު ދިގެވެ.