މަރާލާފައިވާ ނޫސްވެރިޔާ ރިޟުވާންގެ މަރުގެ މައްސަލާގައި ތުހުމަތުގައި ހައްޔަރުކޮށްފައިވާ އިސްމާއީލް އަބްދުލްރަހީމް އާދަމް (އިސޫ) މަރުކޮމިޝަންގެ ތަހުގީގަށް މާލެ ގެނެސްފިއެވެ.
މިމައްސަލާގައި މިގެ ކުރިންވެސް އިސޫ ހައްޔަރުކޮށް، ތަހުގީގްވެސް ކުރިއަށް ގެންގޮސް ރިޕޯޓްވެސް އެކުލަވާލާފައިވެއެވެ. ނަމަވެސް އެކަށީގެންވާ ހެކި ނެތުމުން އިސޫވަނީ ދޫކޮށްލާފައެވެ. މިދިޔަ މަހު އިސޫ އަނެއްލާވެސް ހައްޔަރުކޮށްފައިވަނީ އޭނާ ހައްޔަރު ކޮށްފައިވަނީ ބަޔަކާއެކު ކާނިވާތެރޭގައި އިންދައެވެ.
މިއަދު ތަހުގީގަށް އިސޫ ހާޒިރުކޮށްފައިވައިރު، އެ މީހުން ހައްޔަރު ކުރުމަށްފަހު ސަރުކާރުން ބުނެފައި ވަނީ ތަހުގީގު ނިމި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
މިމައްސަލާއި މިފަހުން ވަނީ އިސޫގެ އިތުރުން އިތުރު ދެ މީހަކު ހައްޔަރުކޮށްފައެވެ. އެދެމީހުންނަކީ މއ.ފާގަފިލާގޭ، އުމުރުން 39 އަހަރުގެ އަހުމަދު އިސްމާއިލްއާއި، ކ.މާލޭ ދަފްތަރު ނަންބަރު RS8499 އުމުރުން 40 އަހަރުގެ އަހުމަދު މުއާޒުއެވެ.
ރިޟުވާން ގެއްލިފައިވަނީ 2014ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ. ހުޅުމާލޭގައި ދިރިއުޅޭ ރިޟްވާން، 2014ވަނަ އަހަރުގެ އޮގަސްޓު މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ދަންވަރު 12:45ހާއިރު، ހުޅުމާލޭ ފެރީ ޓާމިނަލުން ޓިކެޓު ގަނެގެން ފެރީއަށް އެރުމަށް ދާ މަންޒަރު މާލޭގައި ހަދާފައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލްގެ ސީސީޓީވީ މަންޒަރުތަކުން ވަނީ ފެނިފައެވެ.
ކޮމެންޓު ފޮނުވާ