އެތައްހާސް ބަޔަކު ލަންކާގައި މިއަދު ކުރަމުންދާ މުޒާހަރާއާއި ގުޅިގެން ޕާޓީތަކާއިއެކު ބޭއްވި ބައްދަލުވުމުގައި، މަޤާމުން އިސްތިއުފާ ދެއްވުމަށް ހުރިހާ ޕާޓީތަކަކުން އެދުމުން ބޮޑުވަޒީރު ރަނިލް އިސްތިއުފާ ދެއްވަން އެއްބަސްވެފައިވާއިރު، ރައީސް ގޮޓާބަޔަ، ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ އިސްތިއުފާ ދެއްވުމަށް މުހުލަތެއް ދީފިއެވެ.
ސަރުކާރު ވެއްޓިގެން ދިޔަނުދިމަށްޓަކައާއި، ގައުމުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ، މަގާމުން އިސްތިއުފާ ދެއްވާނޭކަން، ބޮޑުވަޒީރު ރަނިލް ވިކްރަމެސިންގ ވަނީ އިއުލާން ކުރައްވާފައެވެ. ރަނިލް އިސްތިއުފާ ދެއްވާނެކަން ހާމަކުރި ނަމަވެސް މިހާތަނަށް ރައީސް ގޮޓަބަޔާ އިސްތިއުފާ ދެއްވާނެކަމެއްވެސް އަދި ހުންނެވި ތަނެއްވެސް ސާފެއް ނުވެއެވެ.
ރައީސް ގޮޓާބަޔަ އިސްތިއުފާ ދެއްވަން އެއްބަސްވެވަޑައިގެންފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނާއިރު ލަންކާގެ ސިޔާސީ ބައެއް ލީޑަރުން ވަނީ ގޮޓާބަޔަ، ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ އިސްތިއުފާ ދެއްވުމަށް މުހުލަތު ދެއްވާފައެވެ. ރައީސް ގޯޓާބަޔަ ހުރިތަނެއް ނޭގޭއިރު، ބައެއް ރިޕޯޓްތައް ބުނާގޮތުން ރައީސް ހުންނަވީ ސިފައިންގެ ހިމާޔަތުގައި މަނަވަރެއްގައެވެ.
Informed sources say President @GotabayaR has agreed to resign following a decision reached by the All Party Leaders. #SriLanka #SriLankaCrisis #SriLankaProtests
— Jamila Husain (@Jamz5251) July 9, 2022
ސްްރީ ލަންކާގެ އިގްތިސާދީ ހާލަތު ގޯހުން ގޯހަށް ގޮސް، ބޮޑުވަޒީރުގެ ގެކޮޅާއި، ރައީސްގެ ރަސްމީ އޮފީސްވެސް މިއަދު މުޒާހިރާ ކުރަމުންދިޔަ ފަރާތްތަކުގެ ބާރުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
މުޒާހިރާ ކުރާ ފަރާތްތަކާއި އަދި އެގައުމުގެ އިދިލޮޅު ޕާޓީތަކުގެ ޑިމާންޑްތަކަށް، އިސްތިއުފާ ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ރަނިލް ވިދާޅުވެފައި ވާއިރު، ލަންކާގެ ރައީސްގެ ރަސްމީ ގެކޮޅާއި ރިޔާސީ ސެކްރެޓޭރިއޭޓުގެ އޮފީހާއި ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ޓެމްޕްލް ޓްރީސް ވެސް ވަނީ މިއަދު އެގައުމުގައި މުޒާހިރާ ކުރަމުންދާ ފަރާތްތަކުގެ ބާރުގެ ދަށަށް ގެނެސްފައެވެ.
ރިޕޯޓްތައް ބުނާ ގޮތުން ހުރިހާ ޕާޓީތަކަކުން ވެސް އެދެނީ ރައީސްވެސް ވަގުތުން އިސްތިއުފާ ދެއްވުމަށެވެ. އެހެންނަމަވެސް މުޒާހިރާ ކުރާފަރާތްތަކުން ސަރުކާރުގެ ރަސްމީ އިދާރާތަކަށް ވަދެގަތުމާއެކު ރައީސް ގޮޓަބަޔަ ވަނީ ފިއްލަވާލަފައެވެ.
Navy Vessel departs from Port of Colombo. @news_cutterhttps://t.co/SyLIcjED1L #LKA #SriLanka #SriLankaCrisis pic.twitter.com/206G0rSjnJ
— Sri Lanka Tweet 🇱🇰 💉 (@SriLankaTweet) July 9, 2022
ރައީސް އާއި ބޮޑުވަޒީރު އިސްތިއުފާ ދެއްވުމަށް އެދި އާންމުން ބޮޑު މުޒާހަރާތަކުގައި މަގުމައްޗަށް ނުކުމެފައިވަނީ އެގައުމަށް މިހާރު ކުރިމަތިވެފައިވާ ކާނާ އާއި އެ ނޫންވެސް ޒަރޫރީ ތަކެތީގެ ދަތިކަމާ ގުޅިގެންނެވެ. ޕާޓީގެ ލީޑަރުންގެ ބައްދަލުވުމުގެ ކުރިން ބޮޑުވަޒީރުގެ އޮފީހުން ބުނީ މިއަދު ޕާޓީގެ ލީޑަރުންގެ ބައްދަލުވުމުގައި ނިންމެވި ނިންމެވުމަށް އިހުތިރާމް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ.
Protests continue in Colombo Sri Lanka, demanding President & PM to step down.
📌Protesters storm President's House
📌Protesters storm President's Office
📌Protesters storm Prime Minister's House
📸Twitter #LKA #SriLanka #EconomicCrisisLK #SriLankaCrisis #SriLankaProtests pic.twitter.com/pzJlKUG4Qo— Sri Lanka Tweet 🇱🇰 💉 (@SriLankaTweet) July 9, 2022
މިހާރުގެ ބޮޑުވަޒިރު ރަނިލް ވިކްރަމެ ސިންގހަ ސްރީ ލަންކާގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތީ، ސްރީ ލަންކާގެ އިގްތިސާދީ ހާލަތު ރަގަޅުނުވެ، ގައުމުގައި ހަމަނުޖެހުން އާންމު، ކުރިން ބޮޑުވަޒީރު ކަމުގައި ހުންނެ، މިހާރުގެ ރައީސް ގޮޓަބަޔަގެ ބޭބެ މަހިންދަ ރާޖަޕަކްސް މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
ވިކްރެމެސިންހެއަކީ، ފަސް ފަހަރުމަތިން ސްރީ ލަންކާގެ ބޮޑުވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ މިހާރު ސްރީ ލަންކާގައި ހުންނެވި ސިޔާސީ ގޮތުން އެންމެ ތަޖުރިބާކާރު އެއް ބޭފުޅާވެސްމެއެވެ.
ރަނިލް އެންމެ ފުރަތަމަ ސްރީ ލަންކާގެ ބޮޑުވަޒީރުކަމަށް އައްޔަން ކުރެވުނީ، 1993 އިން 1994 ވަނަ އަހަރަށް، އެގައުމުގެ ކުރީގެ ރައީސް، ނަރަސިންގހެ ޕްރެމަދާސާ އަވަހާރަ ކޮށްލެވުމާއި ގުޅިގެންނެވެ.
އެއަށްފަހު، 2015ވަނަ އަހަރު ދެވަނަފަހަރަށް ސްރީ ލަންކާގެ ބޮޑުވަޒީރުކަމަށް ރަނިލް އައްޔަން ކުރެވުނީ، އެގައުމުގެ ރައީސްކަން މައިތިރިޕަލަ ސިރިސޭނާގެ ކޯލިޝަންއަށް ކާމިޔާބު ކުރުމާއި ގުޅިގެންނެވެ. އަދި އެއަށްފަހު، 2018ވަނަ އަހަރު ސިރިސޭނާވަނީ ރަނިލް ބޮޑުވަޒީރުކަމުގެ މަގާމުން ދުރުކުރައްވާފައެވެ. އެހެންނަމަވެސް، އޭގެ 4 މަސްފަހުން، ސިރިސޭނާ އެގައުމުގެ ގާނޫނުހަދާ މަޖިލިސް އުވާލެއްވީ ގާނޫނު އަސާސީއާއި ޚިލާފަށް ކަމަށް އެގައުމުގެ ސުޕްރިމް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން އަނެއްކާވެސް ސިރިސޭނާ ހަމަ އެއަހަރު ރަނިލް ބޮޑުވަޒީރުކަމަށް އައްޔަން ކުރައްވާފައި ވެއެވެ. ރަނިލް ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވާފައިވަނީ، 2019ވަނަ އަހަރުގެ ނޮވެމްބަރުމަހު، ޔޫއެންޕީ އެއަހަރު ބޭއްވުނު އާންމު އިންތިޚާބުން ބަލި ވުމާއި ގުޅިގެންނެވެ.
ސްރީ ލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތައް ހައްލު ކުރުމަށް، ގޮޓަބަޔަރ ރާޖަޕަކްސަވަނީ ގައުމީ އެއްބައިވަންތަ ސަރުކާރެއް އެކުލަވާލައްވާނެކަމަށް ވައުދު ވެފައެވެ. އަދި ވަނީ ސިޔާސީ ބާރުތައްވެސް ހަނިކޮށް، ގިނަ ބާރުތަކެއް ގާނޫނުހަދާ މަޖިލިހަށް ދޫކުރައްވާނެކަމަށްވެސް ވިދާޅުވެފައެވެ.