ދީނީ ޢިލްމުވެރިޔާ އައްޝައިޚް އާދަމް ނިޝާންއާއި، އައްޝައިޚް ފަޟްލޫން ބިން މުޙައްމަދުގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.
ޝައިޚް ނިޝާންއާއި ފަޟްލޫން ހައްޔަރުކޮށްފައިވަނީ ޔޯގާ ދުވަހުގެ ހަރަކާތަށް ހުރަސްއަޅައި ހަމަނުޖެހުންހިންގައި ބައެއް ތަކެއްޗަށް ހިތްވަރުދޭގޮތަށް އަމަލުކުރިކަމުގެ ތުހުމަތުގައެވެ. މި މައްސަލާގައި ދެބޭފުޅުންގެ ބަންދަށްވެސް ކުރިން ޖަހާފައިވަނީ 7 ދުވަހެވެ. އަދި ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން ފަޟްލޫންގެ ބަންދަށް އިތުރު 7 ދުވަސް އަދި ނިޝަންގެ ބަންދަށް 5 ދުވަސް ކޯޓުން ވަނީ އިތުކޮށްދީފައެވެ.
ބައިނަލްއަޤްވާމީ ޔޯގާ ދުވަހާއި ގުޅިގެން މިދިޔަ ހަފްތާގައި ގަލޮޅު ފަނޑުގައި ބޭއްވި ޔޯގާ ހަރަކާތަށް ހުރަސްއަޅާއި ހަމަނުޖެހުން ހިންގިކަމުގެ ތުހުމަތުގައި މިހާތަނަށް ވަނީ 21 މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން ބައެއް މީހުންގެ ބަންދަށް 2 މަސް ދުވަސް ޖަހާފައިވެއެވެ. ފުލުހުން އަންނަނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހްގީގްކުރަމުންނެވެ.
ކޮމެންޓު ފޮނުވާ