އެއްޖިއްސުން ގުޅުން ހިންގި މީހުން ހައްޔަރުކުރާނީ މިޢަމަލު ހިންގުމުގައި އުޅުނު ބިދޭސީ މީހާ އަލަމްގިރި ބަޑުވީމަކަމަށްވާނަ، އެކަމެއް ދުވަހަކުވެސް ނުވާނެ ކަމަށް ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިޚު ޒައިދު މިހެން ވިދާޅުވީ އެއްޖިއްސުން ގުޅުން ހިންގި މައްސަލާގައި ދައުރުވަމުންދާ ވީޑިއޯތަކާއި ފެޓޯތަކަށް ބެލުމަށްފަހު މިހާތަނަށް އަދި މީހަކު ހައްޔަރުކުރާ ހާލަތެއް ނާންނަކަމަށް ފުލުހުން ވިދާޅުވެ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
ޝައިޚު ޒައިދު ވިދާޅުވީ މިނުބައި ޢަމަލު ހިންގި މީހުންގެ ވީޑިއޯއާއި ފޮޓޯ ދައުރުވަމުންދާއިރު، އެމީހުން ހައްޔަރު ނުކުރަންވީ ކޮންސަބަބާއި ހެދިކަމެއް ސާފު ނުވާކަމަށެވެ. މީގެ ތެރެއިން މީހަކު ހައްޔަރު ކުރާނީ މިކަމުގައި އުޅުނު ބިދޭސީ މީހާ އަލަމްގިރި މާބަނޑުވީމަ ކަމަށްވާނަމަ އެދުވަހެއް ދުވަހަކުވެސް ނާންނާނެކަމަށް ޝައިޚު ޒައިދު ވިދާޅުވިއެވެ. މިވީޑިއޯތަކުން ފެންނަ މީހުންނާއިމެދު މިހާރުވެސް ހަރުކަށި ވަރުގަދަ ފިޔަވަޅު ކަމާއި ގުޅުންހުރި އިދާރާތަކުން އަޅަންޖެހޭކަމަށް ޝައިޚު ޒައިދު ވިދާޅުވިއެވެ.
އެ ހާލަތު އަންނާނީ އަލަމްގިރި މާބަނޑު ވީމާކަމަށް ވަނީނަމަ މާފްކުރައްވާ! އެޙާލަތެއް ދުވަހަކުވެސް ނާންނާނެ! މިޒާތުގެ ވިޔާނުދާ ވާހަކަނުދައްކައި ކަމާބެހޭ މުއައްސަސާތަކުން އެބަޖެހޭ ވީޑިޔޯއިންފެންނަ ފަރާތްތަކަށް ވަރުގަދަ ފިޔަވަޅު އަޅަން! މިއުޅެނީ އާދައިގެކުށެއް ކޮށްގެނެއް ނޫންވިއްޔަ!
– ޝައިޚު ޒައިދު ވިދާޅުވިއެވެ.
ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކުވަނީ، އެއްޖިއްސުން ގުޅުން ހިއްގާ މައްސަލާގައި ދައުރުވަމުންދާ ވިޑިއޯއާއި ގުޅުންހުރި މީހުން ހައްޔަރު ނުކުރަނީ ކީއްވެތޯ ސުވާލު ކުރުމުން ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ހެޑް މުހައްމަދު ރިޔާޒު ވިދާޅުވީ މީހަކު ހައްޔަރު ކުރުމުގައި ފުލުހުން ހައްޔަރު ކުރަންޖެހޭ ހާލަތެއް އައިސްފިނަމަ އެކަން ކުރާނެކަމަށެވެ.
ފުލުހުން މީހަކު ހައްޔަރު ކުރުމުގައި ބަލަނީ ޤާނޫނީ ސަބަބުތަކަށް ކަމަށް ރިޔާޒު ފާހަގަ ކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އަމަލުކުރާނީ މިހާރުވެސް އަމަލު ކުރަމުންދާ އުސޫލުންކަމަށް އޭނާ ވިދާޅުވިއެވެ.
ރިޔާޒް މިހެން ވިދާޅުވެފައިވާއިރު، ސަރުކާރުގެ އިސް ފަރާތްތަކާއި ގުޅުންހުރި ބައެއްގެ ބަރަހަނާ ފޮޓޯތަކާއި، އެއް ޖިންސުން ގުޅުންހިންގާ ފޮޓޯއާއި ވީޑިއޯތަކެއް އަންނަނީ ދައުރުވަމުންނެވެ. އެގޮތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު އެއްޖިންސުން ގުޅުންހިންގާ ވީޑިއޯގެ މައްސަލާގައި އޭނަގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ. އަދި އެމްޑީޕީގެ ޕީޖީ ޑެޕިއުޓީ ލީޑަރު އަނދުން ހުސައިން އިތުރު ބަޔަކާއެކު ބަރަހަނާކޮށް ތިބޭ ފޮޓޯއެއްވެސް އަންނަނީ ދައުރުވަމުންނެވެ. މިނޫނަސް ބައެއް މީހުން އެއްޖިންސުން ގުޅުންހިގާކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.
ކޮމެންޓު ފޮނުވާ