ސިންގަޕޯރއިން މަކުނު ވިދުރީގެ ފުރަތަމަ ކޭސް ފެނިއްޖެއެވެ. ސިންގަޕޯރއިން މަކުނު ވިދުރި ފެނިފައިވަނި ފާއިތިވެދިޔަ ހަފްތާގައި އެގައުމަށް އެތެރެެވި ބްރިޓިޝް ފްލައިޓުގެ ފްލައިޓް އެޓެންޑެންޓެއްގެ ގައިންނެވެ.
ސިގްޕޯރގެ ސިއްޙީ އިދާރާތަކުން ހާމަ ކޮށްފައިވާ ގޮތުގައި، އުމުރުން 42 އަހަރުގެ މިމީހާވަނީ ޖޫންމަހުގެ މެދު ތެރޭގައި ސިންގަޕޯރއަށް އެތައް ފަހަރެއްގެމަތިން އެތެރެވެ ބޭރު ވެފައެވެ.
މިއީ، ދާދިފަހުޖް ދުނިޔޭގައި ފެތުރެން ފަށާފައިވާ މިބަލި ސައުތު އޭޝިއާގެ ގައުމަކުން ފެނުނު ފުރަތަމަ ފަހަރެވެ. މިއަހަރުގެ މޭމަހުގެ ފަހުން ދުނިޔޭގެ 42 ގައުމަކުން މިބަލި ޖެހިފައިވާ 2،100 މީހުންވަނީ ފެނިފައެވެ.
ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ހާމަ ކޮށްފައިވާ ގޮތުގައި ދުނިޔެއިން ފެނިފައިވާ މިބަލީގެ %80 މީހުންނަކީ ޔޫރަޕް ބައްރަށް ނިސްބަތްވާ މީހުންނެވެ. އެހެންނަމަވެސް، ނޯތު އެމެރިކާ، ސައުތު އެމެރިކާ އަދި އޮސްޓްރޭލިއާއިންވެސް ވަނީ މިބަލި ފެނިފައެވެ. މިހާތަނަށް މަކުނު ވިދުރީގައި މަރުވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރެކޯޑު ކޮށްފައިވަނީ އެންމެ މީހެކެވެ.
ސިންގަޕޯރގެ ސިއްޙީ އިދާރާތަކުން ހާމަ ކޮށްފައިވާ ގޮތުގައ، މިހަފަތާގެ ހޯމަދުވަހު މި ބައްޔަށް ޕޮޒިޓިވް ވީ މީހާގެ ހާލު ރަގަޅު ކަމަށާއި، އޭނާ މިހާރުވަނި އައިސޮލޭޓް ކޮށްފައި ކަމުގައެވެ. އަދި އޭނާއާއި ކޮންޓްކްޓް ވެފައިވާ 13 މީހަކުވެސް މިހާރުވަނީ ކަރަންޓީން ކޮށްފައެވެ. މިމީހުންގެ ތެރޭފައި ފްލައިޓުގެ ކުރޫންނާއި، އެކީގައި އެއަރލަިންގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުންނެވެ.
މިހަފްތާގެ އަންގާރަދުވަހު ސައުތު ކޮރެއާއިން ވަނީ އެގައުމުން ފުރަތަމަ ފަހަރަށް މަކުނު ވިދުރި ފެނިފައިވާކަން ހާމަ ކޮށްފައެވެ.
މަކުނު ވިދުރިއަކީ މަކުނު ވިދުރި ވައިރަހުން ޖެހޭ ބައްޔެކެވެ. އަދި މިވައިރަހަކީ ހިމަބިހީގެ ވައިރަހުގެ އާއިލީ ވައިރަހެކެވެ. އެހެންނަމަވެސް، މަކުނު ވިދުރި ވަައިރަހަކީ ހިމަބިހި ޖައްސާ ވައިރަހަށްވުރެ ނުރައްކާތެރިކަން ކުޑަ ވައިރަހެކެވެ.
ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި، މިވައިރަހުން އާންމު ސިއްހަތަށް ހުރި ނުރައްކާ އެހާ ބޮޑު ނޫންކަމުގައެވެ. ސަބަބެއްކަމަށް ވިދާޅުވެފައިވަނީ، މިވައިރަސް ގައިންގަޔަށް އަރަނީ ވަރަށް ކައިރި ވެވުމުން ނުވަތަ ކޮންޓެކް ވުމުން ކަމުގައި ވާތީއެވެ.
ކޮމެންޓު ފޮނުވާ