ސުޖާއާއި، ސަމިއްޔާގެ ވަޢުދު: ހުޅުމާލޭ ކަނބަލުންގެ ފަހާކޯސް ފަށައިފި

ސުޖާއާއި، ސަމިއްޔާގެ ވަޢުދު: ހުޅުމާލޭ ކަނބަލުންގެ ފަހާކޯސް ފަށައިފި

Author
މުޙައްމަދު ޝަޒައިމް
19 ޖޫން 2022 07:36
0

ހުޅުމާލެ ދާއިރާގެ ކައުންސިލަރު ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއާއި، ހުޅުމާލެ ދާއިރާގެ އަންހެނުންގެ ކޮމެޓީގެ މެމްބަރު ސަމިއްޔާގެ ވަޢުދާއި އެއްގޮތަށް ހުޅުމާލޭ ކަނބަލުންނަށް އަމާޒުކޮށްގެންވާ ބާއްވާ ފަހާ ކޯސް މިއަދު ފަށައިފިއެވެ.

މިކޯސް އިފްތިތާހު ކޮށްދެއްވީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒުއެވެ. މިއީ ކެމްޕެއިންގައި ޝުޖާއާއި، ސަމިއްޔާ ހުޅުމާލޭ ކަނބަލުންނަށް ވެފައިވާ ވައުދެކެވެ. ހުޅުމާލޭގެ ގިނަ ކަނބަލުންގެ ޝައުގުވެރިކަން ފެހުމުގެ ދާއިއާރަށް އޮތް ނަމަވެސް މިފަދަ ކޯސްތައް ހުޅުމާލޭގައި ނުހިންގާތީ ޝައުގު ވެރިކަން ހުންނަ ކަނބަލުންނަށް ވަނީ އެފުރުސަތު ފަހި ނުވެފައެވެ.

ނަމަވެސް މިއަދު ފެށުނު ކޯހާއިއެކު ފެހުމުގެ ދާއިރާއަށް ޝައުގުވެރިކަން ހުންނަ ކަނބަލުންނަށް އުފުރުސަތު ފަހިވެ، މުސްތަގުބަލުގައި އަމިއްލައަށް އާމްދަނީ ހޯދޭނެ ފުރުސަތު ތަނަވަސް ވެގެންދާނެއެވެ.

ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު، ހުޅުމާލޭގެ ރައްޔިތުންނަށް ވެފައިވާ ވައުދުތަކުގެ ތެރެއިން ގިނަ ވައުދުތައް ވަނީ ފުއްދިފައެވެ. ނަމަވެސް ބައެއް މުހިންމު ވައުދުތައް ތަންފީޒު ވުމުގައި ލަސްތަކެއް ކުރިމަތި ވަމުންދަނީ ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކާއި، ހުޅުމާލޭގެ އިޚްތިސާސް ބަލަހައްޓަމުންދާ އެޗްޑީސީގެ އެއްބާރުލުން ލިބެމުން ނުދާތީކަމަށް ތަކުރާރުކޮށް ކައުންސިލަރު ޝުޖާ ދަނީ ވިދާޅުވަމުންނެވެ.

ހުޅުމާލޭގެ ކައުންސިލަރު ކަމާއި ހަވާލުވުމަށްފަހު ޝުޖާ ގެންދަވަނީ ހުޅުމާލޭގެ ރައްޔިތުންގެ އުންމީދުތަކާއި އެއްގޮތަކަށް ކަންކަން ހާސިލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަލިހޮއްކޮ
ފަހާ ކޯހާއި، ކައްކާ ކޯހާއި، ގަސް އިންދުމާއި މިކަހަލަ ކަންތަކުގައި ސުޖާމެން އުޅުއްވާށެވެ. އެއްގޮތަކަށްވެސް ހުޅުމާލެ ބިން ހޯދައިގެން އެތަންތަން ބަހަން ނުވިސްނާށެވެ.