މަކުނު ވިދުރިއަށް ޕޮޒިޓިވްވާ ދުބާއީގެ ރައްޔިތުން 21 ދުވަހަށް ކަރަންޓީން ވާންޖެހޭ ގޮތަށް ހަމަޖައްސައިފި

މަކުނު ވިދުރިއަށް ޕޮޒިޓިވްވާ ދުބާއީގެ ރައްޔިތުން 21 ދުވަހަށް ކަރަންޓީން ވާންޖެހޭ ގޮތަށް ހަމަޖައްސައިފި

ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ފެތުރެމުންދާ، ގައިންގަޔަށް އަރާ ނުރައްކާތެރި ބަލި، މަކުނު ވިދުރިއަށް ޕޮޒިޓިވްވާ ދުބާއީގެ ރައްޔިތުން 21 ދުވަސް ވަންދެން ކަރަންޓީންވާ ޖެހޭގޮތަށް ހަމަޖައްސާފައިވާކަން އެގައުމުގެ ސިއްޙީ އޮފިޝަލުން ހާމަ ކުރައްވައިފިއެވެ.

ދުބާދީ ހެލްތު އޮތޯރިޓީން އާންމު ކޮށްފައިވާ ސާލިއުލާރއެއްގައި ވާގޮތުން، އަލާމާތްތައް ކުޑަކޮށް ފެންނަ، ހާލަތު ސީރިއަސް ނޫން ބޮޑެތި މީހުން ގޭގައި އައިސޮލޭޓް ވާންޖެހޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

ދުބާއީގެ ހެލްތު އޮތޯރިޓީން ހަމަޖައްސާފައިވާ ގޮތުގައި، ހުން 38.5 ޑިގްރީއަށްވުރެ މަތީގައި އުޅޭ، އަދި ބިހިތަށް ގައިގެ %30އަށް ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ، ހާލު ގޯސްމީހުން އައިސޮލޭޓް ވާން ޖެހެނީ ހޮސްޕިޓަލުގައެވެ. މީގެ ތެރޭގައި މާބަނޑު އަންހެނުންނާއި، އުމުރުން 6 އަހަރުން ދަށުގެ ކުޑަކުދިންނާއި، އުމުރުން 70 އަހަރުން މަތީގެ މުސްކުޅިންނާއި އަދި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންވެސް ހިމަނާފައި ވެއެވެ. މިމީހުން މުޅިން ރަގަޅުވަންދެން ހޮސްޕިޓަލުގައި ތިބެންޖެހެނީ މުޅިން ވަކިންނެވެ.

މިމަހުގެ ކުރީކޮޅު، ޔޫއޭއީގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ޕްރިވެންޝަން (MoHAP) އިންވަނީ އެގައުމުން މަކުނު ވިދުރީގެ އާ 5 ކޭސް ފެނިފައިވާކަން ހާމަ ކޮށްފައެވެ.

ޔޫއޭއީން މަކުނު ވިދުރީގެ އެންމެ ފުރަތަމަ ކޭސް ފެނިފައިވަނީ ފާއިތުވި މޭމަހުގެ 24ވަނަ ދުވަހު، ހުޅަނގު އެފްރިކާގެ ގައުމަކުން އެގައުމަށް ދަތުރުކުރި މީހެއްގެ ގައިންނެވެ.

އަދި އެގައުމުގެ ސިއްޙީ އިދާރާތަކުންވަނީ ދަތުރު ކުރުމަގައާއި ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅުމުގައި ސަލާމަތީ ފިޔަވަޅުތައް އަޅައިގެން އުޅުމަށް އިލްތިމާސް ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *