ބޮލިވުޑްގެ މަޝްހޫރު ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ ކަން ޖޯހަރު އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި ތަފާތު ވީޑިއޯއެއް ހިއްސާކޮށް އާންމުންގެ ސަމާލުކަން އަތުލައިފިއެވެ.
މި ވީޑިއޯގައި ފެނިގެން ދަނީ ކަރަން އާއި ސާރާ އަދި ރަންވީރު ނަށާތަނެވެ. ވަރަށް ފޯރީގައި މި ތިންމީހުން ނަށާވީޑީއޯ ވަނީ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ވައިރަލް ވެފައެވެ.
އެމީހުން ނަށަމުން ދިއައީ މިމަހުގެ 24 ގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލްމް "ޖުގް ޖުގް ޖިއޯ" ގެ "ދަ ޕަންޖާބީ" ލަވަޔަށެވެ. މި ފިލްމަކީ އަނިލް ކަޕޫރު، ނީތޫ ކަޕޫރު، ވަރުން ދަވަން އަދި ކިއާރާ އަދުވާނީ ފެނިގެން ދާނެ ފިލްމެކެވެ.
ސާރާ އާއި ރަންވީރު ވަނީ މީގެ ކުރިން 2018 ވަނަ އަހަރު ރިލީޒްކުރި، ޑައިރެކްޓަރ ރޯހިތު ޝެޓީގެ "ސިމްބާ"ގެ ލީޑުން ފެނިގެން ގޮސްފައެވެ.