މާލެ ސިޓީ މޭޔަރުގެ މައްސަލަ އެލްޖީއޭއިން ދަނީ ދިފާޢުކުރަމުން: ފަޒީން

މާލެ ސިޓީ މޭޔަރުގެ މައްސަލަ އެލްޖީއޭއިން ދަނީ ދިފާޢުކުރަމުން: ފަޒީން

Author
މުޙައްމަދު ޖިމީ
15 ނޮވެމްބަރ 2020 09:10
0

އެލްޖީއޭއިން އުތީމު ކައުންސިލްގެ ރައީސްއަށް ފިޔަވަޅުއެޅިނަވެސް، މާލެސިޓިގެ މޭޔަރުގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން މަސައްކަތްކުރީ އެކަން ދިފާޢުކުރައްވަންކަމަށް މާލެސިޓީ ކައުންސިލްގެ މެންބަރު މުޙައްމަދު ފަޒީން ވިދާޅުވެއްޖެއެވެ.

މާފަންނު އުތުރު ދާއިރާގެ ކައުންސިލް މެންބަރު މުޙައްމަދު ފަޒީންއާއި މާލެސިޓީގެ މޭޔަރު ސިފާ މުހައްމަދާއި ދެބޭފުޅުންގެ މެދުގައި ފަހަކަށް އައިސް ދަނީ ބަހުގެ ހަމަލާތައް ބަދަލުކުރެވެމުންނެވެ. އަދި ދެބޭފުޅުންވެސް ގެންދަވަނީ އެއްބޭފުޅަކު އަނެއްބޭފުޅުގެ ބޮލުގައި އެކި ތުހުމަތުތައް އަޅުއްވަމުންނެވެ.

ހއ.އުތީމު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު އެލްޖީއޭއިން ސަސްޕެންޑްކުރުމާއި ގުޅިގެން ފަޒީން ވިދާޅުވީ، އުތީމު ކައުންސިލު މައްސަލާގައި ރައީސް ސަސްޕެންޑް ކޮށްފައި، މާލެސިޓީގެ މޭޔަރގެ މައްސަލައިގައި އެލް.ޖީ.އޭ އިން މަސައްކަތްކުރީ ތުހުމަތުގެ އިނގިލި ދިއްކުރެވުނު ފަރާތުގެ ދިފާއުގައިކަމަށެވެ. ސިފާގެ މައްޗަށް ތުހުމަތުކުރެވޭ ކަންކަމާއި ގުޅިގެން އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް މަސައްކަތްކުރުމުން ހުކުރު ދުވަގެއްގެ މެންދުރުފަހު އޮފީސްހުޅުވާ ޤާނޫނީ ހަމައެއްނެތި އެލްޖީއޭއިން އެކަން ހުއްޓުވީކަމަށްވެސް ފަޒީން ތުހުމަތުކުރެއްވިއެވެ.

މާލެ ސިޓިގެ މޭޔަރުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް 9 މެންބަރުންގެ ވޯޓުން ފާސްވެ، ޖަވާބުދާރިވުމަށް 10 ދުވަހުގެ މުހުލަތެއް ދީފައިވަނިކޮށް އެލްޖީއޭއިން ވަނީ އެކަން ހުއްޓުވާފައެވެ.

ސިފާއަށް ފިޔަވަޅު އެޅުމަށް އެލްޖީއޭއިން ފަސްޖެހޭކަމަށް ފަޒީން ތުހުމަތުކުރެއްވިއިރު، ހެންވޭރު ކޮޅުގައި ހުޅުވާފައިވާ "ލޮނުޒިޔާރަތް ޕާކު" ހުޅުވި ދުވަހު ދެބޭފުޅުންގެ މެދުގައި ކުރެވުނު ޒުވާބެއްގެ އޯޑިއޯވެސް ދަނީ ދައުރުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.