400 އަށް ވުރެ ގިނަ ޒުވާނުންނާއެކު އެމްއެންޕީން ބޭއްވި ޕީއެސް 5 މުބާރާތް ޒަމީލާއި އައިމަންގެ ޓީމުން ކާމިޔަބުކޮށްފި

400 އަށް ވުރެ ގިނަ ޒުވާނުންނާއެކު އެމްއެންޕީން ބޭއްވި ޕީއެސް 5 މުބާރާތް ޒަމީލާއި އައިމަންގެ ޓީމުން ކާމިޔަބުކޮށްފި

މޯލްޑިވްސް ނެޝަނަލް ޕާޓީގެ ޔޫތު ވިންގާއި މޯލްޑިވްސް ޔުނިފައިޑް ގޭމިންގއާ ގުޅިގެން ބޭއްވި ޕީއެސް 5 ފީފާ 2022 ޑަބަލްސް މުބާރާތުގެ ޗެމްޕިއަންކަން މުޙައްމަދު ޒަމީލާާއި މުޙައްމަދު އައިމަން އަޙްމަދު ހޯދައިފިއެވެ.

މި ދެކުޅުންތެރިންގެ ޓީމުން ފައިނަލް ކާމިޔާބުކުރީ އިސްމާޢީލް ޒަކުވާން ޝިހާދާއި އަޙްމަދު ރުވައިދު ޒިވާދާ ވާދަކޮށްގެންނެވެ. ފައިނަލްގައި ކުޅުނު 3 މެޗުގެ ތެރެއިން ޒަމީލާއި އައިމަންގެ ޓީމުން ވަނީ 2 މެޗު ކާމިޔާބުކޮށްފައެވެ.

400 އަށްވުރެ ގިނަ ބައިވެރިނާއެކު ކުރިޔަށް ދިޔަ މިމުބާރާތަކީ ރާއްޖޭގައި އެންމެ ގިނަ ބައިވެރިންނާއެކު ބޭއްވި އެއް ގޭމިންގ މުބާރާތް ކަމަށް އެމްއެންޕީން ބުނެއެވެ. ނޮކްއައުޓް ބުރަކާއި ގްރޫޕް ސްޓޭޖް މެޗުތަކެއްވެސް ހިމެނޭ ގޮތަށް ކުޅެވުނު މިމުބާރާތް ކުރިޔަށް ދިޔައީ މިމަހުގެ 9ވަނަ ދުވަހުން ފެށިގެން ރޭގެ ނިޔަލަށެވެ.

ރޭ ކުޅެވުނު ފައިނަލަށް ފަހު ބޭއްވި އިނާމު ދިނުމުގެ ހަފްލާ ޝަރަފްވެރިކޮށްދެއްވާ ވަނަވަނައަށް ދިޔަ ޒުވާނުންނަށް އިނާމްދެއްވީ އެމްއެންޕީގެ ރައީސް ކާނަލް (ރޓޑ) މުޙައްމަދު ނާޒިމެވެ. ރޭގެ ހަފްލާގައި ވާހަކަފުޅުދައްކަވަމުން ނާޒިމް ވިދާޅުވީ އެމްއެންޕީ އުފެދިގެން އައިއިރު ޒުވާނުންނަށް ކޮށްދެވޭނީ ކޮންކަމެއްތޯ، ޒުވާނުން ބޭނުންވަނީ ކޮން ކަންތައްތަކެއްތޯ ބެލިކަމަށެވެ.

އޭގެ ތެރެއިން ފާހަގަވީ އެއްކަމަކީ ރާއްޖޭގައި އީ-ސްޕޯޓްސް ކުރިއަރުވާ ޒުވާނުންނާއި ޕާޓީއާއި ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމަށް، އީ-ސްޕޯޓްސްގެ އެކި ކުޅިވަރުތަކުން މިފަދަ ގިނަ ކުޅިވަރު މުބާރާތްތައް ބޭއްވުމަކީ މުހިއްމު ކަމެއްކަމުގައި ކަން ނާޒިމް ފާހަގަކުރެއްވިއެވެ. ނާޒިމް ވިދާޅުވީ އެމްއެންޕީގެ ސިޔާސަތުތައް ރާވާއިރު ކޯޑިންގ އަދި އީ-ސްޕޯޓްސް ފަދަ ޒުވާނުން ބޭނުންވާ ކަންކަމަށް އިސްކަންދެއްވާނެ ކަމަށެވެ.

އެމްއެންޕީން ބުނީ އެޕާޓީގެ ޔޫތު ވިންގުން ކުރިޔަށް ރާވާ ހިންގުމަށް ހަމަޖެހިފައިހުރި ހަރަކާތްތަކުގެ ތަފްޞީލް ޔޫތު ވިންގްގެ ފޭސްބުކް އަދި ޓްވިޓަރ އެކައުންޓުން އާންމު ކުރަމުން ގެންދާނެކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *