ޝާން އާއި އުނޫޝާގެ ލަވައެއް!

ޝާން އާއި އުނޫޝާގެ ލަވައެއް!

Author
ފާތިމަތު ނާވީ
06 ޖޫން 2022 03:36
0

ބޮލީވުޑަށް މަޝްހޫރު އެތަށް ލަވަތަކެއް ކިޔައިދީފައިވާ މަޝްހޫރު ލަވަކިއުންތެރިއާ ޝާން އާއި ރާއްޖޭގެ މަޝްހޫރު ލަވަކިއުންތެރިއާ މަރިޔަމް އުނޫޝާ އެކުގައި ކިޔައިފައިވާ ލަވައެއް ވީޑިއޯއާއެކު ނެރެން ތައްޔާރުވެއްޖެއެވެ.

"ދިލް އުޅެޔާ"ގެ ނަން ދީފައިވާ މި ލަވަ އެންމެ ހާއްސަ ވަނީ މި ލަވަ އުނޫޝާ ކިޔާފައިވަނީ ހިންދީ ބަހުން ކަމަށް ވެފައި، ޝާން ލަވަ ކިޔާފައިވަނީ ދިވެހި ބަހުން ކަމަށް ވުމެވެ. ވަރަށް ފޯރިގަދަ، ނަށާ، މިއުޒިކަކަށް ހަދާފައިވާ މި ލަވަ ވަރަށް އަވަހަށް ފެނިގެންދާނެއެވެ.

ސޯޝަލް މީޑީއާގައި މިކަން އިއުލާންކޮށް ޝާން ވަނީ ޕޯސްޓަރެއްވެސް އާންމު ކޮށްފައެވެ.

 

View this post on Instagram

 

A post shared by Shaan Music (@shaanmusiclabel)

އުނޫޝާ އާއި ޝާން ފެނިގެންދާ މި ލަވަ އެއްކޮށް ޝޫޓްކޮށްފައިވަނީ ރާއްޖޭގައެވެ. ލަވައިގެ މަންޒަރުތައް ނަގާފައިވަނީ ކްރޮސް ރޯޑްގެ ހާޑް ރޮކް ހޮޓެލްގައެވެ.

ބެކްގްރައުންޑް ބޭންޑެއްގެ ގޮތުގައި ދިވެހި ފަންނާނުން ފެންނަ މި ލަވާގައި ބޮޑުބެރުގެ އަޑުތައްވެސް ހިމަނާފައި ވެއެވެ. ލަވަ ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހުއެވެ.

އުނޫޝާ އާއި ޝާން އަކީވެސް މަޝްހޫރު އެތަށް ލަވަތަކެއް ކިޔައިދީފައިވާ ދެ ލަވަކިއުންތެރިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.