ޕީކޭގެ ބޭވަފާތެރިކަން ފަޅާއެރުމުން ޝަކީރާ ވަކިވާން ނިންމައިފި

ޕީކޭގެ ބޭވަފާތެރިކަން ފަޅާއެރުމުން ޝަކީރާ ވަކިވާން ނިންމައިފި

Author
ފާތިމަތު ނާވީ
04 ޖޫން 2022 05:02
0

މަޝްހޫރު ލަވަ ކިއުންތެރިޔާ ޝަކީރާ އާއި މަޝްހޫރު ފުޓުބޯޅަ ކުރުން ތެރިއާ ޖެރާޑް ޕީކޭ އެމީހުންގެ ގުޅުން ނިމުމަކަށް ގެެނެސްފިއެވެ.

ޝަކީރާ އާއި ޕިކޭ ލޯބީގެ ގޮތުން ގުޅިފައިވަނީ 2010 ވަނަ އަހަރު ސައުތު އެފްރިކާގައި ބޭއްވި ވޯލްޑްކަޕްގެ ތެރެއިންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި އެމީހުން ވަކިވާން ނިންމީ ޕީކޭގެ ބޭވަފާތެރިކަން ފަޅާއެރުމުންނެވެ. އެގޮތުން ފީކޭ އެހެން އަންހެނަކާއެކުގައި ސިއްރު ގުޅުމެއް ބާއްވަމުން ދާކަން ވަނީ ފަޅާއަރާފައެވެ.

އުމުރުން 35 އަހަރުގެ ޕީކޭ އަދި އުމުރުން 42 އަހަރުގެ ޝަކީރާގެ 12 އަހަރުވީ ގުޅުން ކަނޑާލިއިރު އެމީހުންނަށް ވަނީ ދެކުދިންވެސް ލިބިފައެވެ.

ސްޕެއިންގެ ނޫސްތަކުން ބުނާ ގޮތުގައި ޕީކޭ މިހާރު ދިރިއުޅެމުންއަންނަނީ، ޝަކީރާއާ ވަކިން ބާސެލޯނާގައި އެެހެން އެޕާޓްމެންޓެއްގައެވެ.

 

View this post on Instagram

 

A post shared by Shakira (@shakira)

އެދެމީހުން ވަކިވިކަމުގެ އަޑުތައް މިހާރު ވަރަށް ހޫނުކޮށް ދެކެވެމުން ދިޔަޔަސް މިކަމާ ބެހޭ ގޮތުން އެ ދެ މީހުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.