އެމެރިކާއިން ޔޫކުރެއިންއަށް ދުރު ރާސްތާ މިސައިލް ފޯރުކޮށްދޭނެކަން ހާމަ ކުރުމާއެކު، އެމެރިކާގެ މި ނިންމުމަށް ރަޝިއާއިން ފާޑު ކިޔައިފިއެވެ.
އެމެރިކާއިން ޔޫކުރެއިންއަށް ހަތިޔާރު ފޯރު ކޮށްދިނުމަށް ނިންމާފައިވާ ނިންމުމަށް އިޝަރާތްކޮށް، ކްރެމްލިންގެ ތަރުޖަމާން ޑިމިޓްރީ ޕެސްކޯވް ވިދާޅުވެފައިވަނީ، "އެމެރިކާއިން ދަނީ އަނދަ އަނދާހުރި އަލިފާން ގަޑަކަށް ތެޔޮ އަަޅަމުން" ކަމުގައެވެ.
ޔޫކުރެއިން އެގައުމުގެ ދިފާޢުގައި ކުރަމުންދާ ހަނގުރާމައަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން، އެމެރިކާއިން ޔޫކުރެއިންއަށް، އެންމެ ފަހުގެ ދުރު ރާސްތާ މިސައިލް ފޯރުކޮށް ދޭނެކަން އެމެރިކާގެ ރައީސް ޖޯ ބައިޑްން އިއުލާން ކުރެއްވީ މިއަދުއެވެ.
ޔޫކުރެއިން އެތައް ދުވަހެއް ވަންދެން އެދެމުން ގޮސްފައިވާ މި ދުރު ރާސްތާ މިސައިލަކީ، ދުޝްމަނުންގެ ސީދާ އަމާޒުތަކަށް ވާސިލްވުމުގެ ގާބިލްކަން ލިބިއިވާ މިސައިލް ތަކެކެވެ.
އެމެރިކާއިން ޔޫކުރެއިންއަށް ފޯރުކޮށް ދިނުމަށް އިއުލާން ކޮށްފައިވާ ދުރު ރާސްތާ މި މި ސައިލް ތަކަކީ، މިހާތަނަށް އެގައުމަށް ފޯރު ކޮށްދިނުމަށް އެމެރިކާއިން ފަސްޖެހިފައިވާ މިސައިލްތަކެކެވެ. މި މިސައިލްތައް ޔޫކުރެއިންއަށް ފޯރުކޮށް ދިނުމަށް އެމެރިކާއިން ފަސްޖެހިފައިވަނީ، މި މިސައިލްގެ ބޭނުން ކޮށްގެން، ޔޫކުރެއިންއިން ރަޝިއާއަށް ހަމަލާ ދީފާނެކަމަށް ބެލެވިގެންނެވެ.
އެމެރިކާއިން ޔޫކުރެއިންއަށް އެންމެ ފަހުގެ ދުރު ރާސްތާ މިސައިލް ފޯރުކޮށްދޭނެކަން ހާމަ ކުރުމާއެކު، ރަޝިއާގެ ސަރުކާރުގެ ތަރުޖަމާން ޑިމިޓްރީ ޮެސްކޯވް ވިދާޅުވެފައިވަނީ، އެމެރިކާއިން ދަނީ އަނދަ އަނދާހުރި އަލިފާން ގަޑަކަށް ތެޔޮ އަޅަމުން ކަމުގައެވެ.
އެމެރިކާއިން ޔޫކުރެއިންއަށް ފޯރުކޮށްދޭނެކަން އާންމު ކޮށްފައިވާ މިސައިލްގެ އިތުރުނ ޖާމަރނީންވަނީ ޔޫކުރެއިންއަށް އެއަރ ޑިފެންސް ސިއްޓަމެއް ފޯރު ކޮށްދޭނެކަން ހާމަ ކޮށްފއެވެ.
ޖާމަނީގެ ގާނޫނުހަދާ މަޖިލިހުގެ މެމްބަރުންނާއި މުޚާތަބްކޮށް ވާހަކަ ދަައްކަވަމުން ޖާރމަނީގެ ޗާންސެލަރ އޮލާފް ޝީލްޒް ވިދާޅުވެފައިވަނީ އެގައުމުން އެއަރ ޑިފެންސް ސިސްޓަމް IRIS-T އަކީ ޖާމަނީގައި ހުރި އެންމެ ފަހުގެ ސިސްޓަމްތަކުގެ ތެރެއިން ސިސްޓަމެއް ކަމުގައެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި، މި ސިސްޓަމްގެ ބޭނުން ކޮށްގެން ރަޝިއާގެ އުދުވާނީ ހަމަލާތަކުން މުޅި ގައުމު ދިފާއު ކުރުމުގެ ގާބިލްކަން ޔޫކުރެއިންއަށް ލިބިގެންދާނެ ކަމުގައެވެ.