ކާކިވްގައި ހިނގަމުންދާ ހަނގުރާމައިގެ ފްރޮންޓްލައިނަށް ޒެލެންސްކީ ޒިޔާރަތް ކުރައްވައިފި

ކާކިވްގައި ހިނގަމުންދާ ހަނގުރާމައިގެ ފްރޮންޓްލައިނަށް ޒެލެންސްކީ ޒިޔާރަތް ކުރައްވައިފި

Author
ހުސެއިން
29 މެއި 2022 07:35
0

ޔޫކުރެއިންގެ ކާރލިވް ސިޓީގައި ހިގަމުންދާ ހަނގުރާމައިގެ ފްރޮންޓްލައިނަށް ޒިޔާރްތަ ކުރައްވާ، ޔޫކުރެއިންގެ ރައީސް ޒެލެންސްކީ، ހަނގުރާމަ ކުރަމުންދާ އެގައުމުގެ ސިފައިންނާއި ބައްދަލު ކުރައްވާ ހަދިޔާ ދެއްވައިފިއެވެ.

ކުރިން އެންގުމަކާ ނުލާ ޒެލެންސްކީ މިސަރަހައްދަށް ޒިޔާރަތް ކުރައްވާފައިވަނީ، މިސަރަހައްދުގައި ވަރުގަދަޔަށް ހަނގުރާމަ ހިނގާ، އަދި މި ސިޓީގެ ކޮންޓްރޯ ރަޝިއާ ސިފައިންގެ އަތުން އަލުން ނެގުމަށް ޔޫކުރެއިން ސިފައިން މަސައްކަތް ކުރަމުން ދަނިކޮށެވެ.

ޔޫކުރެއިންގެ ރައީސްގެ އޮފީހުން ހާމަ ކޮށްފައިވާ ގޮތުގައި، ރައީސް ޒެލެންސްކީވަނީ ކާކިވް ރީޖަންގެ ފްރޮންޓް ލައިންގެ ޕޮޒިޝަންތަކަށް ޒެލެންސްކީ ވަނީ ޒިޔާރަތް ކުރައްވާފައެވެ.

"އަހަރެން ބޭނުންވޭ، ތިޔަ ސިފައިންގެ ޚިދުމަތަށް ހުރިހާ އެންމެންނަށްވެސް ޝުކުރު އަދާކުރަން. ތިޔަ އެންމެ ތިޔަ ގެންދަނީ އަހަރެމެންނަށްޓަކާ އަދި އަހަރެމެންގެ ގައުމަށްޓަކާ އަމިއްލަ ނަފްސުން ގުރުބާން ވަމުން،" ހަނގުރާމަ ކުރަމުންދާ ސިފައިންނާ މުޚާތަބް ކުރައްވާ ޒެލެންސްކީ ވިދާޅުވެފައި ވެއެވެ.

ރަޝިއާއިން ޔޫކުރެއިން އަށް އުދުވާނި ހަމަލާ ދޭން ފެށިތާ 3 މަސްދުވަސް ފާއިތުވެގެން ގޮސްފައިވާއިރު، މި ހަނގުރާމާގައި އެގައުމަށް ހަގީގީ މަގުސަދު ހާސިލް ކުރެވިފައެއް ނުވެއެވެ.

މިގޮތުން ހަނގުރާމާއިގެ ކުރީކޮޅު، ޔޫކުރެއިންގެ ވެރިރަށް ހިފުމަށް ފެށި ހަނގުރާމަ ނާކާމިޔާބު ވުމަށްފަހު، މިހާރު ރަޝއާއިން ހަނގުރާމަ ކުރަމުންދަނީ އެގައުމުގެ އިރުމަތީ ޑޮމްބަސް ސަރަހައްދު ހިފުމަށެވެ. އަދި ފަހަކަށް އައިސް މި ސަރަހައްދުގައި ރަޝިއާއިން ކުރިއެރުން ހޯދަމުން އައިނަމަވެސް، ޔޫކުރެއިން ސިފައިންވެސް ދަނީ އެމީހުންނަށް ކުރިން ގެއްލިފައިވާ ބައެއް ސަރަހައްދުތައް އަލުން އަތުލަމުންނެވެ.

މި ހަގުރާމާގައި ޔޫކުރެއިންއަށް އަސްކަރީ އެހީތެރިކަން ފޯރުކޮށް ދެމުން ދަނީ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.