ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސްޓިއަރިންގ ކޮމިޓީގެ ވޯޓުލުންނިމި ރަސްމީ ނަތީޖާ މާދަމާ އިއުލާން ކުރާނެކަމަށް އެކޯލިޝަނުން ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ހީނާ ވަލީދު ވިދާޅުވީ ސްޓިއަރިން ކޮމިޓީގެ ވޯޓުލުންނިމި އަތޮޅު ތެރޭގެ ހުރިހާ ރަށެއްގެ ވޯޓު ގުނާވެސް ނިިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ހުޅުމާލޭގެ ފޮށިތައް ގުނުމުގެ މަސައްކަތް ކަމަށާއި، އެފޮށިތަކުގެ ނަތީޖާތައްވެސް މިރޭ ލިބޭނެ ކަމަށެވެ. ހުރިހާ ނަތީޖާތައް ލިބުމުން އިންތިޚާބުގެ ދާއިމީ ނަތީޖާ މާދަމާ އިއުލާން ކުރުމަށް ހަމަޖެހިފައިވާކަމުގައި ހީނާ ވިދާޅުވިއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސްޓިއަރިންގ ކޮމިޓީއަށް މެމްބަރުން އިންތިޚާބް ކުރުމަށް ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު 14:00 އިން 18:00 އަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން 1،100 އަށް ވުރެ ގިނަ ކެންޑިޑޭޓުންނާއިއެކު ކުރިއަށްދާ މި އިންތިޚާބުގައި އެކޯލިޝަންގެ ގިނަ އަދަދެއްގެ މެމްބަރުންވަނީ ވޯޓުލާފައެވެ.

ސްޓިއަރިން ކޮމިޓީތަކަށް 1100 އަށް ވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލި އިރު ބައެއް ރަށްތަކުގައި އިންތިހާބު ބާއްވާކަށް ނުޖެހުނެވެ. އެއީ ކޮމިޓީތަކުގައި މެމްބަރުން ތިބެން ޖެހޭ އަދަދަށް ވުރެެ އިތުރަށް ކުރިމަތިލާފައި ނުވާތީ އެވެ. މިއަދު އިންތިޚާބު ބާއްވާފައިވަނީ 18 ކޮމިޓީއެއްގެ އިންތިޚާބެވެ. އިދިކޮޅު ކޯލިޝަންގެ އެތެރޭގެ އިންތިޚާބުގެ ސްޓިއަރިން ކޮމިޓީ އެކުލަވާލާނީ ރަށްރަށުގެ އާބާދީތަކަށް ބަލައި 5 މެމްބަރުން ފެށިގެން 11 މެމްބަރުންނާއި ހަމަޔަށްކަމަށާއި، އިންތިޚާބްގެ މެމްބަރުން ކަނޑައެޅިގެންދާނީ އާބާދީގެ ނިސްބަތުން ކަމަށް އިންތިޚާބީ ކޮމިޓީން ވަނީ ހާމަކޮށްފައެވެ.
ރަށްރަށުގެ ސްޓިއަރިން ކޮމިޓީއެކުލަވާލުމަށް އިންތިޙާބެއް ބާއްވާއިރު، ސްޓިއަރިން ކޮމިޓީގެ ރައީސް އިންތިޚާބް ކުރުމަށްޓަކައި އިންތިޚާބްވި މެމްބަރުންގެ ތެރެއިން ކުރިމަތިލާ މީހުންގެ މެދުގައި އާންމު މެމްބަރުންގެ ވޯޓެއް ނެގުމަށް ހަމަޖެހިފައިވާކަމަށްވެސް އެކޯލިޝަންގެ އިންތިޚާބީ ކޮމިޓީން ވަނީ ހާމަކޮށްފައެވެ.
ކޮމެންޓު ފޮނުވާ