ނާވައިދޫގައި އެމްޓީސީސީން ޤާއިމުކުރި ފެރީ ހަޓްގެ މަސައްކަތް ނިމިއްޖެ

ނާވައިދޫގައި އެމްޓީސީސީން ޤާއިމުކުރި ފެރީ ހަޓްގެ މަސައްކަތް ނިމިއްޖެ

Author
މުޙައްމަދު ޝަޒައިމް
26 މެއި 2022 05:43
0

ހދ. ނާވައިދޫ ގައި ޤާއިމުކުރާ ފެރީ ސްޓޮޕް މަސައްކަތުގެ ތެރޭގައި ހިމެނޭ ފެރީ ހަޓްގެ މަސައްކަތްތައް ނިމިއްޖެއެވެ.

މި ފެރީ ސްޓޮޕްގައި ކިއޮސްކް އަކާއި، ވެއިޓިންގް އޭރިއާއެއްގެ އިތުރުން ފާޙަނާވެސް ހުންނާނެއެވެ. މި ފެރީ ސްޓޮޕްއަކީ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ އާރްޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ޒޯން 1 ގެ ދަށުން ޤާއިމުކުރެވޭ ފެރީސްޓޮޕެކެވެ.

އެމްޓީސީސީން ދަނީ އެކި ރަށްރަށުގައި ފެރީ ސްޓޮޕް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މީގެ ދެދުވަހެއް ކުރިން ވަނީ ނޭކުރެންދޫ ގައި ޤާއިމުކުރި ފެރީ ސްޓޮޕް މަސައްކަތްވެސް ނިންމާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.