ޖޭއެސްސީއަށް އިސްލާހުގެ ގެނައުމުގެ ބިލާއިއެކު، 22 ބިލެއް ހުށަހަޅަނީ

ޖޭއެސްސީއަށް އިސްލާހުގެ ގެނައުމުގެ ބިލާއިއެކު، 22 ބިލެއް ހުށަހަޅަނީ

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެ ވަނަ ދައުރަށް ހުށަހަޅަން ޤަޞްދުކުރާ ބިލުތަކުގެ ލިސްޓު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ބަންޑާރަ ނައިބު އޮފީހުން ފޮނުވައިފިއެވެ.

މިދައުރަށް ހުށަހެޅުމަށްޓަކައި، ބަންޑާރަ ނައިބް އޮފީހަށް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް 22 ބިލެއް ފޮނުވާފައެވެ. މިބިލްތަކުގެ ތެރޭގައި ޝަރީޢީ ދާއިރާއާއި ގުޅުންހުރި މުހިންމު ބިލްތަކެއްވެސް ހިމެނެއެވެ. އޭގެ ތެރޭގައި ކޯޓުތަކުގެ ޤާނޫނަށް އިސްލާހު ގެނައުމާއި، ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ގެނައުމާއި، ޖޭއެސްސީއަށް އިސްލާހު ގެނައުމުގެ ބިލެއްވެސް ހިމެނެއެވެ.

މިބިލްތަކުގެ އިތުރުން ޖިނާއީ އިޖުރާތު ޤާނޫނަށް އިސްލާހު ގެނައުމާއި، ޤާނޫނުލް އުޤޫބާތަށް އިސްލާހު ގެނައުމާއި، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމާއި، މޯލްޑްވިސް ހެލްތު ސާވިސްގެ ބިލެއް ހުށަހެޅުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިދައުރުގެ މަސައްކަތްތައް މަޖިލީހުގައި މިހާރު ފެށިގެން ކުރިއަށްދާއިރު މިހާތަނަށް 3 ބިލެއް މަޖިލީހަށް ހުށަހެޅުމަށް ބަންޑާރަ ނައިބް އޮފީހުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސަރުކާރުގެ ފަރާތުން 22 ބިލެއް ހުށަހެޅުމަށް ތައްޔާރުވީނަމަވެސް މިދައުރުގައި ހުށަހެޅިގެންދާނެކަމަށް ބެލެވެނީ ޝަރުއީ ދާއިރާއާއި ގުޅުންހުރި ބިލްތައް ކަމުގައެވެ.

މަޖިލީހުގެ މިދައުރުގައި ތަޅުމުގައި މަސައްކަތް މަދު ނަމަވެސް، ގިނަ މަސައްކަތްތަކެއް މަޖިލީހުގެ ކޮމެޓީތަކުގައި ދަނީ ކުރެވެމުންނެވެ. މަޖިލީހުގެ އިދާރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މަޖިލީހުގައި މިހާރުވެސް ތަފާތު 11 ކޮމެޓީއެއްގައި 20 ބިލެއްގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. ވިހި ބިލުމުގެ ތެރެއިން 9 ބިލެއްގެ މަސައްކަތް ނިންމަށް ކަނޑައެޅި ސުންގަނޑި ވަނީ ހަމަވެފައެވެ. އަދި މިމަހުގެ 3 ބިލެއް ނިންމުމަށް އަމާޒު ހިފާފައިވާއިރު މިފެށޭ ޖޫން މަހަށް 4 ބިލެއް ނިންމުމަށް ވަނީ އަމާޒުހިފާފައެވެ.

މަޖިލީހުގެ މިދައުރުގައިވެސް ގިނަ ބިލުތަކެއްގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާއިރު، ނިމިދިޔަ ދައުރުގައި މަޖިލީހަށް ހުށަހެޅުނު ބިލުތަކުގެ ތެރެއިން ނުނިމިހުރި ބައެއް ބިލްތަކުގެ މަސައްކަތް މިހާރުވެސް މަޖިލީހުގެ ކޮމެޓީތަކުން ދަނީ ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *