އަލީ ޚާލިދަށް ޒިންމާ އަދާނުކުރެވުމުން އޭގެ ޒިންމާ މުވައްޒިފުން ނަގަން ނުޖެހޭނެ: ޝުޖާ

އަލީ ޚާލިދަށް ޒިންމާ އަދާނުކުރެވުމުން އޭގެ ޒިންމާ މުވައްޒިފުން ނަގަން ނުޖެހޭނެ: ޝުޖާ

ގުޅުންހުރި

ދައުލަތުގެ މީޑިއާ ހިންގުމާއި ހަވާލުވެ ހުންނެވި އަލީ ޚާލިދު އަދާކުރައްވަންޖެހޭ ޒިންމާ އަދާ ނުކުރުމަކީ އެކަމުގެ ޒިންމާ ތަނުގައި މަސައްކަތްކުރާ މުވައްޒިފުން ނަގަންޖެހޭ ކަމެއް ނޫންކަމަށް އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.

ޝުޖާ މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާގެ ޓީވީ ޗެނަލް ޓެލެވިޜަން މޯލްޑިވްސްއިން ދައްކަންޖެހޭ ކަރަންޓު ބިލުތަކަށް ފައިސާ ނުދެއްކުމުގެ ސަބަބުން ޓީވީއެމްގެ އިމާރާތުން ކަރަންޓާއި، ފެން ކަނޑާލުމުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ކުރެއްވި ޓުވީޓުގައެވެ.

ޝުޖާ ވިދާޅުވީ ދައުލަތުގެ މީޑިއާގެ މުވައްޒިފުން މަސައްކަތް ކުރަންޖެހޭ މާހައުލަކީ އެކަށީގެންވާ މަސައްކަތުގެ މާހައުލެއް އޮތްތަނަކަށް ނުވާއިރު، ތަނުން އެންމެ އަސާސީ ޚިދުމަތްވެސް ނުލިބޭކަމީ ކަންބޮޑުވުވާންޖެހޭ ކަމެއްކަމަށެވެ. ތަނުގެ ވެރިޔާގެ ހައިސިއްޔަތުން އަލީ ޚާލިދުގެ ހަމައެކަނި ޒިންމާއަކީ ސަރުކާރު ޕްރޮމޯޓް ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުންކަމަށާއި، މުވައްޒިފުންގެ ހައްގުގައި ކުރާ އެއްވެސް މަސައްކަތެއް ނެތްކަމަށެވެ.

ދައުލަތުގެ މީޑިޔާގެ މުއައްޒަފުން މިއުޅެންޖެހެނީ ފެނާ ނުލާ! ދައުލަތުގެ މީޑިޔާ ހިންގަވަން ހުންނަވާ ފަރާތުގެ ޒިންމާ މިއަދު އަދާނުކުރުމަކީ އޭގެ ގެއްލުން ތަނުގެ މުއައްޒަފުން އުފުލަން ޖެހޭނެ ކަމެއްނޫން. އަލީ ޚާލިދުގެ ހަމައެކަނި މަސައްކަތަކީ ސަރުކާރު ޕްރޮމޯޓް ކުރުން. އިސްތިއުފާ ދެއްވާ!

– ޝުޖާ ވިދާޅުވިއެވެ.

ޝުޖާ ވަނީ އޭނާގެ ޓުވީޓުގައި ފެން ކަނޑާލާފައިކާން ޕީއެސްއެމްގެ މެނޭޖުމަންޓުން އަންގާފައިވާ ލިޔުންކޮޅުވެސް ހިއްސާކޮށްފައެވެ. އަދި ފެން މީޓަރުގައި ތަޅުއަޅުވާފައިވާ ވީޑިއޯވެސް އޭނާ ވަނީ ހިއްސާކޮށްފައެވެ. ޝުޖާވަނީ އޭނާގެ ޓުވީޓުގައި އަލީ ޚާލިދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ދައުލަތުގެ މީޑިޔާގެ މުއައްޒަފުން ފެނާނުލާ، ހިތްދަތި މަސައްކަތު މާހައުލުގައި އުޅެމުންދާއިރު ތަނާހަވާލުވެގެން ހުންނެވި އަލީ ޚާލިދު ހޫނުފެނުން ފެންވަރާލައިގެން އޭ.ސީ ކޮޓަރިކޮޅުގައި އަރާމް ކުރައްވަނީ. އިސްތިއުފާ ދެއްވާ! ފެންމީޓަރުގަ ބޮޑު ތަޅު. ބޮޑު ތަޅު.

– ޝުޖާ ވިދާޅުވިއެވެ.

މީގެ ކުރިންވެސް އެކި ފަހަރުމަތީން ފެން ބިލާއި، ކަރަންޓު ބިލް ނުދައްކައިގެން ދައުލަތުގެ މީޑިއާއިން ޚިދުމަތް ކަނޑާލާފައިވެއެވެ. މިއަދުވެސް ފެނާއި ކަރަންޓު ކަނޑާލާފައި ހުރުމަށްފަހު، މިހާރު ބިލްތައް ދައިކައި އަލުން ޚިދުމަތް ލިބިފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ. ދައުލަރުގެ މީޑިއާގެ ފެނާއި ކަރަންޓު ކަނޑާލާފައިވާއިރު، ތަނުގެ މުވައްޒިފުންނަށް ޤާނޫނު ކަށަވަރުކުރާ އޮފް ސުވަހާއި، ސަރުކާރު ބަންދު ދުވަސްތަކުގެ ލާރި ނުދޭ މައްސަލާގައި 150 މުވައްޒިފުން ވަނީ ޓްރެބިއުނަލަށް މައްސަލަ ހުށަހަޅަން ތައްޔާރުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ