ކަނޑުމަތީގައި ނުރައްކާތެރި ހާދިސާއެއް ހިނގައި ދެމީހަކު ނިޔާވެއްޖެއެވެ.
މިހާދިސާ ހިނގީ ގއ.ވިލިނގިލި ނެރުން ވަންނަން އުޅުނު ލޯންޗަކާއި، ނެރުން ނުކުންނަން އުޅުނު ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައެވެ. މިހާދިސާގައި 2 މީހަކު ނިޔާވެފައިވާކަމަށް މިހާތަނަށް ވަނީ މައުލޫމާތު ލިބިފައެވެ.
ނިޔާވެފައި ވަނީ ގއ. ވިލިނގިލި، ދޫރެސް، މިސްބާހު ޢަބްދުލްމުޙްސިން، 37، އާއި ނ. ލަންދޫ، އުރަހަ، މުޙައްމަދު ޝާފިއު، 27، އެވެ.
ފުލުހުން ވިދާޅުވީ އެ ލޯންޗުން ދަތުރުކުރި 2 މީހަކު މިޙާދިސާގައި ކަނަޑަށް ވެއްޓުނުކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ. އަދި އެދެމީހުން ކަނޑުން ނަގައި ވިލިނގިލީ ހޮސްޕިޓަލަށް ގެންދިޔަކަމަށާއި، ގެންދިޔައިރުވެސް އެމީހުން ވަނީ މަރުވެފައިކަމަށް ހޮސްޕިޓަލާ ޙަވާލާދީ ފުލުހުން ވިދާޅުވެއެވެ.
މި ލޯންޗުން ދަތުރުކުރި އިތުރު 3 މީހަކަށް ވިލިނގިލީ ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށްވެސް އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވެއެވެ.
ފަރުވާދެމުންދާ މީހުންގެ ހާލުވެސް ވަރަށް ސީރިއަސްކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ކޮމެންޓު ފޮނުވާ