ސިފައިންގެ މީހަކު އަންހެނަކު ފަހާ ދުވާ ވީޑިއޯ ފެނުމުން ލަދުގަނެއްޖެ: ޝައިޚު ޒައިދު

ސިފައިންގެ މީހަކު އަންހެނަކު ފަހާ ދުވާ ވީޑިއޯ ފެނުމުން ލަދުގަނެއްޖެ: ޝައިޚު ޒައިދު

Author
މުޙައްމަދު ޝަޒައިމް
21 މެއި 2022 03:16
0

އިންޑިއާ އައުޓް ހަރަކާތުގެ ތެރެއިން އިންޑިއާއާއި ދެކޮޅަށް އަޑުއުފުލި އަންހެން ކަނބަލަކު ފަހައި ދިވެހި ސިފައިން ދުވުމަކީ ލަދުވެތިކަމެއްކަމަށާއި، އެވީޑިއޯ ބެލި މީހެއްގެ ހައިސިއްޔަތުންވެސް ލަދުގަންނަ ކަމުގައި ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚު ޒައިދު މިހެން ވިދާޅުވީ، އިދިކޮޅުން އިންޑިއާ އައުޓްގެ ނަމުގައި ހިންގާ ހަރަކާތްތަކުގެ ދަށުން ކުރިއަށްގެންދިޔަ އިހްތިޖާޖުގެ އަންހެން ބައިވެރިޔަކު ފަހައި ދިވެހި ސިފައިންގެ ފިރިހެނަކު ދުވާ ވީޑިއޯއެއް އާންމުވެ ގިނަ ބައެއް ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ.

ޝައިޚު ޒައިދަކީ ރާއްޖޭގައި ބޭރުގެ އަސްކަރީ ބާރުތައް ތިމުބާއި ފެށުނީއްސުރެއް ދެކޮޅަށް އަޑުއުފުއްލަވާ ބޭފުޅެވެ. ސިފައިންގެ މީހަކު އަންހެން ކަނބަލަކު ފަހާ ދުވާ މަންޒަރު ފެންނަ ވީޑިއޯއާއި ގުޅިގެން ޝައިޚު ޒައިދު ވިދާޅުވީ ސަލާމަތީ ބާރުތަކަކީ އެބައިމީހުންގެ ކަރާމަތާއި، އަދި އާންމުންގެ އިޚުތުރާމް ލިބޭނެ ގޮތަކަށް އަމަލުތައް ބަހައްޓަންޖެހޭ ބައެއްކަމަށެވެ. ރައްޔިތުންގެ ކުރިމަތީގައި އަގުވެއްޓޭ ފަދަ ކަންކަން ކުރުމަކީ ސަލާމަތީ ބާރުތަކުން އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫންކަމަށް ޝައިޚު ޒައިދު ވިދާޅުވިއެވެ.

ދިވެހި ސިފައިންގެ ބޭފުޅަކު އަންހެނެއް ފަހާ ދުވި ވީޑިއޯ ފެނުމުން އެ ބެލިމީހެއްގެ ޙައިސިއްޔަތުން ވެސް ލަދުގަނެއްޖެ! ސިފައިންނާއި ފުލުހުންގެ ޤަދަރާއި އިޙްތިރާމަށް އުނިކަން އަންނަ އެއްވެސް ކަމެއް، އަދި އަމިއްލަ ރައްޔިތުން ކުރިމަތީ އަގުވެއްޓޭފަދަ ޢަމަލުތައް ކުރުމާ ދުރުވުން ވ މުހިންމު!

– ޒައިދު ބިދާޅުވިއެވެ.

ދިވެހި އަންހެނަކު ހިފަހައްޓަން ދިވެހި ސިފައިންގެ މީހަކު ދުވާ ވީޑިއޯއާއި ގުޅިގެން ސަލާމަތީ ބާރުތަކަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ. އެގޮތުން ބައެއް ފަރާތްތަކުން ވަނީ އެއީ އިސްރާއީލުން ފަލަސްތީނުގެ އަންހެނުންނަށް ދެމުންދާ ލާއިންސާނީ އަނިޔާފަދަ އަމަލެއްގެ ގޮތުގައާއި، އިސްރާއިޅް ސިފައިން ފަލަސްތީނުގައި ހަރަކާތްތެރިވާ ގޮތްކަމަށް ސިފަކޮށްފައިވެއެވެ.

އިންޑިއާ ހަރަކާތަކީ ޤައުމީ ސަލާމަތަށް ނުރައްކަލެއްކަމަށް ވިދާޅުވެ ރައީސް ޞާލިޙް ވަނީ އެހަރަކާތް ހުއްޓުވުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް އަމުރުކޮށްފައެވެ. ނަމަވެސް އިދިކޮޅުން އިންޑިއާ އާއި ދެކޮޅަށް ހިންގާ ހަރަކާތްތައް މިހާތަނަށް ހުއްޓާލާފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ެ ެވާނީ
އެދެމީހުން ކުރެ ޤައުމީ ބަޠަލަކީ ކާކުބާ!
H Halaaku
މޑޕ ގިނަމޭހުންގެ ހިތުގާއިސްލާމު ދީނަން ކުޑަވެސް.ލޯބެތް އިހިތިރާމެތްނުހުންނަ ކމުގެ ރަމޒެތް އެއީ އެވައްތަރަށްއިލޮމުވެރިންނާދިމާކުރުން ތިބާގަދުގެ ހިތައް ބިރުވެރިކަން.ވަންނާނޭ.ކޮން ދުވަހަކުންބާއ ެ.ހިތަށްއަރަ
ާ ާަޗޮކުން ދިޔުން.
ކަނބަލެއް ފަހާ ދުވެގެން ވެސް އަތު ނުޖެހުނީމާ އަދި މާބޮޑަށް ވެސް ލަދުގަނެއްޖެ. ޓިރެއިނިންގ ހެދި އިރު ފިލާ އޮތް ސޮރެއް ތޯއްޗެ. ޥެދާނެ އިންޑިޔާ ސޮރަކަށް.
ޢ ޢަލި އިބުރާހިމް
ދީނީ އިލމުވެރިންނޭު ކިޔާގެން ތި ބައިގަނޑު މުޖުތަމައުގައި ފިތުނަ އުފައްދަން އުޅެތީ މާ ލަދުގަނެ