އަރުޖުން އާއި މަލައިކާ ކައިވެނި ކުރަނީ!

އަރުޖުން އާއި މަލައިކާ ކައިވެނި ކުރަނީ!

ބޮލީވުޑްގެ ދެތަރިން ކަމުގައިވާ އަރުޖުން ކަޕޫރާއި މަލައިކާ އަރޯރާ މި އަހަރު ފަހުކޮޅުގައި ކައިވެނި ކުރާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ލޯބީގެ ގޮތުން މި ދެތަރިން ގުޅިގެން އުޅޭތާ މިހާރު ހައެއްކަ އަހަރު ވެފައިވާއިރު އެކުގައި ގިނަ ވަގުތު ތަކާއި ޗުއްޓީތައް ވެސް ވަނީ މި ދެމީހުން ހޭދަކޮށްފައެވެ.

އެމީހުންގެ ގާތް ބަޔަކާއި ހަވާލާ ދީ އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި ދެމީހުން ކައިވެނި ކުރާނެ ކަމަށް ބެލެވެނީ ނޮވެމްބަރު މަހުގެ ފަހު ކޮޅު ނުވަތަ ޑިސެމްބަރު މަހުގެ ކުރީ ކޮޅުގައެވެ.

އެމީީހުން ކައިވެނީގެ ތައްޔާރީތަށް ކުރަމުން އަންނަ ކަމަށާއި މަޑުމަޑުން ހުރިހާ ކަމެއް ކުރިއަށް ދަނީ ވަރަށް ރަނގަޅަށް ކަަމަށް ޚަބަރުތައް ބުނެއެވެ.

ބޮލީވުޑްގައި ޒުވާން ގިނަ ތަރިންތަކެއް ކައިވެނި ކުރަމުން އަންނަ އިރު މަލައިކާ ވަނީ މީގެ ކުރިން ވެސް ކައިވެންޏެއް ކޮށްފައެވެ. އޭނާ ކައިވެނި ކުރީ ސަލްމާން ޚާން ގެ ކޮއްކޮ އަރުބާޒް ޚާނާއެވެ. ނަމަވެސް 2017 ވަނަ އަހަރު އެކައިވެނި ވަނީ ރޫޅިފައެވެ. އެދެމީހުންނަށް ވަނީ ފިރިހެން ކުއްޖެއް ވެސް ލިބިފައެވެ. އެއީ މިހާރު އުމުރުން 19 އަހަރުގެ އަރްހާން ޚާނެވެ.

ނަމަވެސް މި ކައިވެނި ވެގެން ދާނީ އަރުޖުން ގެ އަލަތު ކައިވެންޏަށެވެ. 48 އަހަރުގެ މަލައިކާ އާއި 36 އަހަރުގެ އަރުޖުން ލޯބި ފެށުނުކަމުގައި ވަނީ 2016 ވަނަ އަހަރުއެވެ. އަދި އަރްބާޒާއި މަލައިކާ ކައިވެނި ރޫޅާލި ކަމުގެ ތުހުމަތުގެ އިނގިލިވެސް ދިއްކުރަނީ އަރުޖުން އަށެވެ. މަލައިކާ އާއި ރައްޓެހި ވުމުގެ ކުރިން އަރުޖުން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ސަލްމާން ގެ ކޮއްކޮ އަރްޕިތާ އާއެވެ.

 

View this post on Instagram

 

A post shared by Arjun Kapoor (@arjunkapoor)

މަލައިކާ އާއި އަރުޖުން އެކުގައި އުޅޭތީ އެކަމަށް ފާޑު ކިޔާ މީހުން ގިނައެވެ. އުމުރުގެ ފަރަގު ބޮޑުކަމަށް ބުނެ އަމާޒުވާ ފާޑުކިއުން ތަކަށް އެދެމީހުންވެސް ރައްދުދެއެވެ.

މީގެ ކުރިން އިންޓަވިއު ތަކުގައިވެސް އެދެމީހުން އެކަކު އަނެކެއްގެ ދިފާއުގައި ވަނީ ވާހަކަ ދައްކާފައެވެ. އަދި މަލައިކާ ވަނީ އަރުޖުންއާ އޮތް ގުޅުން ވަރަށް ބަދަހި ކަމަށާއި ބައިވެރިއެއްގެ ކިބައިގައި ހުންނަން ޖެހޭ ސިފަތައް އަރުޖުންގެ ހުރިކަމަށް ބުނެފައިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *