ޝިލްޕާގެ "ނިކައްމާ"ގެ ޓްރެއިލާ ދައްކާލައިފި

ޝިލްޕާގެ "ނިކައްމާ"ގެ ޓްރެއިލާ ދައްކާލައިފި

Author
ފާތިމަތު ނާވީ
19 މެއި 2022 12:58
0

ބޮލިވުޑްގެ އެކްޓެރެސް ޝިލްޕާ ޝެއްޓީގެ ކުރިއަށް އޮތް ފިލްމު "ނިކަންމާ" ގެ ޓްރެއިލާ ދައްކާލައިފިއެވެ.

ކޯވިޑްގެ ސަބަބުން ފިލްމު ރިލީޒް ނުކުރެވި ދިގުދެމިގެން ގޮސްފައިވާއިރު، ރިޕޯޓްތައް ބުނާ ގޮތުގައި އެ ފިލްމަކީ 2017 ގައި ނެރުނު ޓެލުގޫ ފިލްމު "މިޑްލް ކްލާސް އަބޭ"ގެ ރިމޭކެކެވެ.

ޝިލްޕާ އާއެކު ފިލްމުގެ ޓްރެއިލާ ދައްކާލިއިރު، ޝިލްޕާ ފުރަތަމަ ފެނިލުން ފެނިގެން ގޮސްފައި ވަނީ ވަރަށް ތަފާތު ގޮތަކަށެވެ. އޭނާ ހުރީ ސުޕަރ ވުމަން އެއްގެ ގޮތުގައެވެ.

މި ފިލްމުން ޝިލްޕާ އާއެކު ލީޑުން  ފެންނާނީ "މީނާކްޝީ ސުންދަރޭޝްވަރު" ފިލްމުގައި ފެނުނު އަބީމަންޔޫ ދަސާނީ އެވެ. މީގެ އިތުރުން ޝެރްލީ ޝީޓިއާ ވެސް ފެނިގެން ދާނެއެވެ.

ސައްބިރް ޚާން ޑައިރެކްޓް ކޮށްފައިވާ މި ފިލްމް ރިލީޒް ކުރާނީ އަންނަ މަހުގެ 17 ގައެވެ.  "ނިކައްމާ" އަކީ އެކްޝަން ރޮމޭންޓިކް ކޮމެޑީއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.