މިހާރު ކުރަމުންދާ ހުނޅަގު މޫސުމުގެ ވިއްސަރާއާއި ގުޅިގެން ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރެފިއެވެ.
ރާއްޖެއަށް މިހާރު ކުރަމުންމިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމުން، ހުރިހައި ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން، މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ހުޅަނގު މޫސުމުގެ ވިއްސާރަޔާއެކު ވައިގަދަވުމުގެ ސަބަބުން ދިމާވެދާނެ ނުރައްކަލަކަށް ސަމާލުވެ ރައްކާތެރިވެތިބުމަށްވެސް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވާފައިވެއެވެ.
މެޓް އޮފީހުން ޔެލޯ އެލާޓް ނެރިފައިވަނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް މިއަދު ހެނދުނު 10:00 އިން މެންދުރު 15:00 އަށެވެ. އެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށާއި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އިން ބުނެއެވެ.
Alert yellow for heavy rain, strong winds and rough seas pic.twitter.com/vkBRSYfdgU
— Maldives Meteorology (@MetMaldives) May 17, 2022
އަދި ކަނޑުތައް ގަދަވެ އުދަ އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ. މޫސުން ގޯސްވެ ވައި ގަދަވުމުގެ ސަބަބުން އެއްގަމު، ކަނޑު އަދި ވައިގެ މަގުން ދުއްވާ އުޅަނދުތައް ދުއްވުމުގައި ސަމާލުވުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ އިލްތިމާސްކޮށްފައެވެ.